ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ބޯޑް އެކުލަވާލައިފި

ގދ. ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، “ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑް” ގެ ނަމުގައި ބޯޑެއް މިއަދު އެކުލަވައިލައްވައިފިއެވެ.

މި ބޯޑަކީ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ.

މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ ޑޮކްޓަރ ލަވްޝާ މުޙައްމަދެވެ.

މި ބޯޑު އެކުލަވައިލައްވާފައި 7 ބޭފުޅުންގެ މައްޗަށެވެ.

އެ ބޯޑަށް މިހާތަނަށް ފަސް ބޭފުޅަކު ވަނީ އައްޔަނު ކުރަށްވާފައެވެ. އެ ބޭފުޅުންނަކީ؛

– ޑޮކްޓަރ ލަވްޝާ މުޙައްމަދު، ކާއިނާތު، ގދ. ތިނަދޫ (ޢާންމުންގެ ތެރެއިން ޢައްޔަންކުރެވޭ މެންބަރެއް)
– ޑޮކްޓަރ ޢަބްދު ﷲ ޢުބައިދު، ދަފްތަރު. ނަންބަރު ރސ 6099 (ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއް)
– މަރްޔަމް ނާޒްނީން، ހ.ބަޑިދޫގެ (މިނިސްޓްރީ އޮފް ހެލްތް ތަމްސީލުކުރާ މެންބަރެއް)
– ޖީޒާ ޙަސަން، ނީލުގެ، ގދ.ތިނަދޫ (ސަރަޙައްދުގެ ޕަބްލިކް ހެލްތް ދާއިރާގެ މެންބަރެއް)
– ސަޢުދު ޢަލީ، ޢަބުހަރީއާގެ، ގދ.ތިނަދޫ (އަތޮޅު ކައުންސިލްގެ މެންބަރެއް)

އެ ބޯޑުގައި މިވަގުތު ހުސްކޮށް އޮތީ، ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާގެ ހައިސިއްޔަތު އައްޔަނު ކުރެވޭ މެމްބަރުގެ މަގާމާއި، ސަރަޙައްދުގެ މާލީ ދާއިރާއިން އައްޔަނުކުރާ މެންބަރެއްގެ މަގާމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބޯޑެން ހެދިގެންވެސް ހޮސްޕިޓަލުގެ ޚިދުމަތް އެކަށީގެންވާ ރަގަޅު ފެންވަރަކަން ހިގައްޖެނަމަ ކިތަންމެހާވެސް ރަގަޅު!ނަމަވެސް ހޮސްޕިޓަލާދޭތެރޭ ރައްޔަތުންގެ އިތުބާރު މިހާރުމިވަނީ ގެއްލިފައި ރަގަޅުވެދާނޭކަމުގެ ކުޑައުއްމީދެއްވެސްނެތް، އެއްމެބޮޑު އެއްސަބަބަކީ ހޮސްޕިޓަލަށް މިގެންނަނީ އަލަށް ކިޔަވާ ޓުރޭނިންގ ޓޮކުޓަރުންކަމަށްވާތީ ބަލިތަކަށް ދޭންޖެހެނީ ކޮންކަހަޅލައި ބޭހެއްކަންވެސްނެއެގޭ ޑޮކުޓަރުންކަމަށްވާތީ 2003އަހަރަށް ވުރެން މިހޮސްޕިޓަލުވަނީ 2022ވަނައަހަރުގެ ސިއްހީ ޚިފުމަތް ދައްވެފައިވާތީ ހިތާމަކުރަންޖެހޭ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: