ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ އަމުރު ސަސްޕެންޑްކުރި ފަނޑިޔާރުގެ މައްސަލަ ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން ނެރުނު އަމުރެއް ސަސްޕެންޑްކުރި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނި ގޮތުގައި ރަފީއުއްދީންގެ މައްސަލަ ބަލަމުންދަނީ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގަ އާއި އެ ނިންމުން ދިފާއުކުރައްވާ ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭތީ އެވެ.

ރަފީއުއްދީންގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރުމަށް ޖޭއެސްސީގެ “މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ” އިން ވަނީ ނިންމާފަ އެވެ. އަދި ޖޭއެސްސީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ އެ މައްސަލަ ބެލުމަށް ތަހުގީގު ކޮމިޓީ އެކުލަވާލާފަ އެވެ.

ހައިކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން ސ. ހިތަދޫ މަންދޫބުގޭ، ރުޝާން އަހްމަދު ދީދީ ބަންދުކޮށްފައި ވަނިކޮށް ހައިކޯޓުގެ އެ އަމުރު ސަސްޕެންޑް ކުރުމަށްފަހު ރުޝާން ދޫކޮށްލުމަށް ހިތަދޫ މެޖިސްޓްރޭޓްގެ ހައިސިއްޔަތުން ރަފީއުއްދީން މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ނެރުއްވި އަމުރުގައި ވަނީ އަމުރުކުރައްވާފަ އެވެ.

ޝަރީއަތް ނިމެންދެން ރުޝާން ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކުރީ ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރުމުންނެވެ.

ހައިކޯޓުން 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ އަމުރު ނެރުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އޭރުވެސް އޭނާ ދޫކޮށްލުމަށް އަމުރުކުރުމުން ދައުލަތު އެ އަމުރު އިސްތިއުނާފް ކުރުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: