ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ރާއްޖޭގެ ތާއިދު!

ރައްކަތެރިގުތުގައި ޕްލާސްޓިކް ނައްތާލަ މުއާހަދައިގައި ސޮއިކުރިމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި ކެންޔާގެ ވެރިރަށް ނައިރޯބީގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަންގަ ރާއްޖޭގެ ތާއިދާއެކު، ބައިނަލްއަގްވާމީ މުއާހަދާއެއް އެކުލަވާލުމަށް ފާސްކޮށްފިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަގްވާމީ ފެންވަރުގެ އެއްބަސްވުމެއް އޮތުމުގެ ބޭނުންތެރިކަމާއި މެދު ގިނަ ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ.

ދުނިޔޭގެ 193 މެންބަރު ޤައުމުތަކުން ބައިވެރިވާ މި ބައްދަލުވުމުގައި ޕްލާސްޓިކުގެ ޒަރިއްޔާއިން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޤާނޫނީ ބާރު ލިބިދޭ މުއާހަދާއެއްގެ ބޭނުންތެރިކަން ފާހަގަކޮށް ރިޒޮލިއުޝަނެއް ވަނީ ހުށަހަޅާފަ އެވެ.

ރާއްޖެއިން އިސްނަގައިގެން ގައުމީ ފެންވަރުގައި ތަންފީޒު ކުރަމުންދާ ސިންގަލްޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭންގެ މައުލޫމާތު މި ބައްދަލުވުމުގެ މެމްބަރު ގައުމުތަކުގެ އިސްވެރިންނާއި ހިއްސާކުރި އެވެ. އަދި އެ ރިޒޮލިއުޝަނަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއިދުކޮށްފައިވާ ކަމަށާއި، ގާނޫނީ ބާރު ލިބިދޭ އެފަދަ މުއާހަދާއެއް އެކުލަވާލުމުގައި އެއްބަސްވާ 81 މެމްބަރު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 05 ވަނަ ސެޝަންގައި ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލުމަށް އެއްބަސްވެވުނު މި ބައިނަލްއަގްވާމީ މުއާހަދާގައި ޕްލާސްޓިކު އުފެއްދުމާއި ބޭނުންކުރުމާއި މިތަކެތި ކުނީގެ ގޮތުގައި ނެތިފާނެވެގެން ދިޔުމާހަމައަށް އެކި މަރުހަލާތަކުގައި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް އަލިއަޅުވާލެވިގެންދާނެ ކަމަށެވެ.

މީގެއިތުރުން، ބައިނަލްއަގްވާމީ ފެންވަރުގައި ވަށާޖެހޭ އިގްތިސާދު ކުރިއަރުވައި ޕްލާސްޓިކު ބޭނުން ކުރެވޭ މިންވަރު މަދުކޮށް، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކުގެ އަލުން ބޭނުންކުރެވޭ، މުއާހަދާއެއް އޮތުމަކީ ދިވެހިރާއްޖެފަދަ ގައުމުތަކަށް ޕްލާސްޓިކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ހައްލުހޯދުމަށް މަސައްކަތްކުރުމަށް އެޅިގެންދާނެ ފިޔަވަޅެއް ކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

“ދެމެހެއްޓެނިވި ތަރައްގީ 2030” ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ތިމާވެށްޓާއި ގުޅޭ ކަންކަން ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް މުތާލިއާކުރުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމެއްވެސް މެއެވެ.

މި އެސެމްބްލީއަކީ ދުނިޔޭގެ ތިމާވެށީގެ ކަންކަމާގުޅޭ ގޮތުން ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ. ހަމައެޔާއެކު ރައްކާތެރިގޮތުގައި ކެމިކަލް އަދި ކުނި މެނޭޖްކުރުމަށް ބާރުއަޅާ ރިސޮލިއުޝަނެއްވެސް މި އެސެމްބްލީއަށް ހުށައަޅާފައިވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: