ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮންދަރިއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

ޖިންސީ ގޯނާއާއި ދެކޮޅަށް ވީއޯސީއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކުއްޖާގެ ދޮން ބައްޕައަކު ހައްޔަރުކޮށްފި އެވެ.

ރަށުގެ މިސްކިތުގައި މުދިމެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުންދާ، އުމުރުން 38 އަހަރުގެ އެ ފިރިހެން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގަ އެވެ.

މި މައްސަލައިގައި މީޑިއާތަކަށް ފުލުހުން ބުނީ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ރިޕޯޓު ލިބުނީ މިދިޔަ ފެބްރުއަރީ 26 ގައި ކަމަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މިފަދަ މައްސަލަތައް ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ވެސް ބުންޏެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަައެއް ނުކުރެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ މިދިޔަ ދޮޅު އަހަރެއްގެ ތެރޭގައި ވަރަށް ބޮޑަށް ފެންމަތިވި އެވެ. ތަހުގީގީ އިދާރާތްތަކާއި، ކަމާއި ބެހޭ އިދާރާތްތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭކަމަށް ބުނެ ޒުވާނުންތައް އިސްނަގައިގެން މާލޭގައި އިހުތިޖާޖުތައް ވެސް ކުރިޔަށް ގެންދިޔަ އެވެ. މީޑިއާތަކުގެ ވެސް ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ މި މައްސަލައާއި އެކު މުވައްސަސާތަކުން ބައްދަލުވުންތައް ބާއްވައި ވަކި މުއްދަތެއްގެ ތެރޭގައި ނުނިމު ހުރި މައްސަލަތައް ނިންމުމަށް ވެސް އަންގާފައި ވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: