ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާ ކުރި ފަނޑިޔާރަކު ވަކިކުރަން ނިންމައިފި

ޖޭއެސްސީގެ ރައީސާ ހިސާން ހަސަން، ނައިބު ރައީސް މަސްތޫރު އަދި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު.
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވުމުން، އޭނާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމްއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅުނު 22 މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާގައި ވަނީ ފާސްކޮށްފައިވާކަމަށް ޖޭއެސްސީ ވަނީ ބުނެފައެވެ.

ޖޭއެސްސީ ބުނެފައިވާގޮތުގައި 22 މައްސަލައިގެ ތެރެއިން ތެރެއިން 20 މައްސަލަ ނިންމާފައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ހިނގާފައިވާކަން ސާބިތު ނުވާކަމަށެވެ. އަނެއް 2 މައްސަލައިގައި ވަނީ ސުލޫކާ ޚިލާފުވެފައިވާކަން ސާބިތުވެފައިވާކަމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ.

އެގޮތުން ގއ ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަން ވަނީ ސާބިތުވެފައިވާކަމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ. އަދި ކޯޓުގެ ރަސްމީ ގަޑީގަ އާއި އެ ނޫން ވެސް ވަގުތުތަކުގައި އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ވިޔަފާރީގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެފައިވާކަމާއި، މި މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް މަސައްކަތްކުރިކަންވެސް ވަނީ ސާބިތުވެފައިވެއެވެ.

އަލްއުސްތާޛު ލުއައްޔު އިބްރާހީމްގެ މައްޗަށް ސާބިތުވި ކަންކަމަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖާގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ)ގެ (8) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 ވަނަ ނަންބަރާއި، 6.1 ވަނަ ނަންބަރާއި، 3.2 ވަނަ ނަންބަރާއި، 4.1 ވަނަ ނަންބަރާއި ޚިލާފު ޢަމަލުތަކަކަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 32-1 (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ވަނީ ނިންމާފައިކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: