ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަ ކުއްޖާއަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތު ކުރެވޭ ޓީޗަރުގެ ބަންދުގެ މުއްދަތު ޖަހައިފި

ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވަރަށް ދިން ޓީޗަރުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުންގެ މުއައްސަސާއިން ބުނެފައިވާގޮތުން، ކުޑަ ކުއްޖަކާއި ބެހުނު މައްސަލައިގައި ތުހުމަތުކުރެވި، “ހަވަރަށް” ދީފައިވާ ޓީޗަރުގެ ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުންވަނީ ފަސް ދުވަސް ދީފައެވެ.

ފުލުހުންގެ މުއައްސަސާއިން ބުނެފައިވާގޮތުން، ތުހުމަތު ކުރެވޭ މީހާގެ އިތުރު މައްސަލައެއްވެސް ހުށައެޅިފައިވެއެވެ. އެގޮތުން އެ މައްސަލަ ހުށައެޅިފައިވަނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުކުރެވޭ ޓީޗަރަށް އަނިޔާތަކެއް ދީފައިވަނީ ހުޅުމާލެ ފޭސް ދެއްގައި ހުންނަ ހިޔާ ފުލެޓު ސަރަހައްދުގައި އޯގަސްޓު މަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ސަރަހައްދަށް އެއްވެ ތިބި މީހުން އެވަގުތު ގޮވާލަމުންދިޔައީ އެނާ ގާތުން ކުށަށް އިއުތިރާފުވުމަށާއި، ތުހުމަތު ކުރެވިފައިވާ އިތުރު ކުށްތައް ކޮށްފައިވާކަމަށްވެސް އެއްބަސްވުމަށެވެ.

ފުލުހުންގެ މުއައްސަސާއިންވަނީ ކުޑަ ކުއްޖާއަށް ފުރައްސާރު ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޓީޗަރަށް އަނިޔާކޮށްފައިވާ، މައްސަލަ ކުށްވެރިކޮށްފައެވެ. އަދި އެފަދަ އަމަލުތައް ނުހިންގުމަށް އެދި، އެފަދަ އަމަލުތައް ހިންގާ މީހުންނާއި މެދު ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: