ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްފުށީ ހަމަނުޖެހުން: ފުލުހުން ބުނީ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާކަމަށް!

ވިލިނގިލީގެ ރައްޔިތުން މިއަދު ހަވީރު ކުރި މުޒާހަރާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ ދޮގު ތުހުމަތުތަކެއް އަޅުވައި ގއ. ވިލިނގިލީ މީހަކަށް މާލެ އަތޮޅު ދިއްފުށީގައި އަނިޔާ ކުރިކަމަށް ބުނާ މައްސަލަ ގޯސްވެފައި ވަނިކޮށް ކުއްޖާއަށް ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ހެކި ލިބިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ ފުލުހުން އާއްމު ކުރި ބަޔާނެއްގައި ބުނީ ދިއްފުށީގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިގެން އުޅޭ މައްސަލައެއްގެ ރިޕޯޓު ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ 18:30 ގައި ކަމަށެވެ.

އެ ރިޕޯޓު ލިބުމާއި އެކު ފުލުހުން އެ ރަށަށް ގޮސް ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު ރަށުގެ ސިއްހީ މަރުކަޒު ކައިރިއަށް އެއްވެ ތިބި މީހުން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވީ ވަގުތު އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު ތަކުރާރުކޮށް ފުލުހުންގެ ސަފުތައް ރޫޅާލައި ތަނުގެ ތެރެއަށް ވަދެގަނެ ތަކެއްޗަށް ގެއްލުންދީ، ކަރަންޓު ކަނޑާލުމަށް ފަހު ވެސް ތުހުމަތު ކުރެވޭ މީހާއަށް ހަމަލާ ދެމުން ދިޔަކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. 

ފުލުހުންގެ ބަޔާނުގައި ވާގޮތުން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ ރަށުން ޞޭރުން އައި މީހަކަށް ހަމަލާ ދީ ހަމަނުޖެހުން ހިންގި މައްސަލަ ކޮންޓްރޯލް ކުރުމަށް މާލެއިން ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުންގެ ޓީމެއް ދާން ޖެހުނެވެ. އެއަށް ފަހު ޓީމުގެ އެހީތެރިކަމާއި އެކު އަނިޔާ ލިބުނު މީހާ އައިޖީއެމްއެޗަށް ގެނައުމަށް ފަހު ފަރުވާ ދޭން ފެށިކަމަށް ބަޔާނުގައި ވެއެވެ.

ހަމަނުޖެހުމުގެ ތެރޭގައި ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަން ފާހަގަކޮށް ބަޔާނުގައި ވަނީ، ފުލުހުންނަށް ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ 22 އަހަރުގެ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާކަމަށެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބުނު ހެކިތަކުން، ކުއްޖާއަށް ޖިންސީ ގޯނާގެ އަނިޔާ ލިބިފައިވާކަން އެނގޭކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. ނަމަވެސް އެ ތުހުމަތުތައް ކުރެވެނީ، ރަށުގައި މީހުން އަނިޔާ ކުރި މީހާގެ މައްޗަށް ތޯ، ނުވަތަ ނޫންތޯ ފުލުހުން ހާމައެއް ނުކުރެ އެވެ.

ދިއްފުށީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކޮށް، ތަޅައި އަނިޔާކޮށްފައި ވަނީ، ގއ. ވިލިނގިއްޔަށް ނިސްބަތްވާ މުހައްމަދު ޝިހާމަށެވެ. ހުއްޓާނުލައި ތިން ގަޑިއިރު ދިން ހަމަލާތަކުން ލިބުނު ސީރިއަސް ޒަހަމްތަކަށް ލިބި ޝިހާމަށް މިވަގުތު ފަރުވާ ދެމުން ދަނީ އޭޑީކޭ އައިސީޔޫގަ އެވެ. އަދި ޝިހާމަށް ދިއްފުށީ މީހުން ކުރި އަނިޔާގެ ވާހަކަތައް އަސަރާއި އެކު ކިޔައިދޭ ވީޑީއޯއެއް އާއްމުކޮށްފައިވާއިރު ޝިހާމަށް އިންސާފު ހޯދައިދޭން ގޮވާލައި ވިލިނގިލީގައި މުޒާހަރާއެއް ކުރިޔަށް ދިޔަ އެވެ.

އާއްމުވެފައިވާ ވީޑިއޯގައި ޝިހާމް ބުނީ، އޭނާއަށް އަނިޔާ ކުރި ވަގުތު ފުލުހުން އެކަން ހުއްޓުވަން މަސައްކަތް ނުކުރާކަމަށާއި އެހީއަށް އެދުމުން އެ މީހުން ވެސް ކުރީ އަނިޔާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 81%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ފުލުހުންދޭނެތަ ކަންތައް މިހާ ހިސާބަށްދިޔައިމަ ރަނގަޅު ބަޔާނެއް.އަނެއްކާ އެމީހުންނަހަދާނެ ކަމަކަށް ތެދެއް.އެއީ ހަމަ އެކަނި ސަރުކާރުންޖަހާ ސިޔާސީ ބެރަށް ނަށަންތިބި ބަޔެއް.ރަށް ރަށުގައި ބައިތިއްބާފައި ތިބޭ ފުލުހުންގެއެއްވެސް ބޭނުމެއްނޯވޭ.ކައިގެންތިބެނީ ތާސްކުޅެ ނައިޓް ފިޝިންގ އަށް ގޮސް މަޖާކުރަން.

  2. ކޮއްމެ ކަމެއް ސިޔާސި މަޖަލަކައް ނަހަދާ!‏
    ބެހުނީމަ ބެހުނޭ ބުނާނީ!
    މިނިވަންމީޑިޔާތަކުން މިކަހަލަ ކިންތައް ފޮރުވަން ނޫޅޭ!
    މިކަހަލަ މީހުންނައް ހިއްވުނުދީ. (މާދަމާ ތިކަހަލަ މީހުންގެ…… ޝިކާރެޔައް ޔތިޔަމީހުންގެ ދަރިޔަކު ވެސްވެދާނެ)
    ހަމަހުރެފަ ބެހުނޭ ނުބުނާނެ.
    އަހަރެން ވެސްބެހުނޭ ބުނަންވީނުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: