ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ކާފައާއި މުނިކާފައަށް 25 އަހަރުގެ ޖަލު ހުކުމެއް!

ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރު ކުރި ތުއްތު ކުއްޖާގެ ކާފަ އާއި، މުނިކާފަ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު ކުއްޖަކު ރޭޕް ކުރި އެ ކުއްޖާގެ ކާފައާއި މުނިކާފަ 25 އަހަރަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ތުއްތު ކުއްޖާގެ ކާފަ އަކީ އުމުރުން 62 އަހަރުގެ މީހެކެވެ. އަދި މުނި ކާފައަކީ 82 އަހަރުގެ މީހެކެވެ. ދެ މީހުންނަށް ވެސް މައްސަލައިގައި އުފުލާފައިވަނީ އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުއްޖަކާއި މެދު ގަދަކަމުން ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި، އަދި މިފަދަ އެހެން މައްސަލަތައް ކޯޓުތަކުގައި ކުރިޔަށް ގެންދަނީ ސިއްރުކޮށްގެންނެވެ. ދިވެހި ރައްޖޭގެ ގާނޫނު އަސާސީގެ، ޖިންސީ ކުށުގެ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ޖިންސީ ކުށުގެ ޝިކާރައަކަށް ވާ މީހެއްގެ ތަފްސީލެއް ހާމަކޮށްގެން ނުވާނެއެވެ.

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވީ 2020 ޖެނުއަރީ، 19 ގައެވެ. ފުލުހުންނާއި ޖެންޑާރ މިނިސްޓްރީއިން އެ މައްސަލައިގެ މައުލޫމާތުތައް ހާމަކުރުމުގެ ކުރިން، އެކަން އޮތީ ސޯޝަލް މީޑިއާގައި ފެންމަތިކޮށްފައެވެ.

މައްސަލައިގައި ދެ މީހުންގެ މައްޗަށް ވެސް އުފުލި ދައުވާ ސާބިތުވެ، ދެ މީހުން 25 އަހަރަށް ޖަލަށްލާން ހުކުމް ކުރިއިރު މިއީ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ދެވޭ އެންމެ ބޮޑު އަދަބެވެ. ޝަރީއަތް ނިމެން ދެން ދެ މީހުން ވެސް ތިބީ ބަންދުގައިކަމަށް ވުމުން، އެ މުއްދަތު އުނިކުރުމުން ޖަލުގައި ހޭދަކުރަން ޖެހޭނީ 22 އަހަރާއި ހަ މަސް ދުވަހެވެ.

ދައުލަތުން ވަނީ އެ ކުއްޖާއަށް އިހުމާލުވި ކަމުގެ ދައުވާ ކުއްޖާގެ މަންމައާއި ބައްޕަގެ މައްޗަށް ދައުލަތުން އުފުލާފައެވެ. ކުއްޖާގެ މައިބަަފައިންގެ މައްޗަށް އުފުލާފައިވަނީ ދަރިފުޅަށް ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރިކަން އެނގި ތިބެ އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނައި މައްސަލައިގަ އެވެ. އެ މައްސަލަ ފުލުހުން ޕީޖީއަށް ފޮނުވީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކުއްޖާގެ މުނިކާފައަކީ މީގެ ކުރިންވެސް ޖިންސީ ގޯނާގެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވި، ޝަރީއަތް ކުރިޔަށް ގެންދެވުނު މީހެކެވެ. އެ މައްސަލައިގައި ނޫސްވެރިންގެ ޕްރެޝަރަށް ފުލުހުން ބުނެފައިވަނީ އޭނާ ދޫކޮށްފައި ހުރީ “އުމުރަށް ރިއާޔަތް” ކުރުމަށްފަހުގައި ކަމަށެވެ.

ވަރަށް ގަދަ
62%ވަރަށް ގަދަ 23%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 15%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: