ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ގައުމީ މަޖިލިސް ހޫނުވެ، ބަހުގެ ހަމަލާތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތާރީހު ފަސް ކުރުމަަށް ހުށަހަޅާފައިވާ ހުށަހެޅުމާއި މެދު ގޮތެއް ނިންމުމަށް މިރޭ ކުރިޔަށް ގެންދާ ގައުމީ މަޖިލީހުގެ ޖަލްސާގެ ބައްދަލްވުން ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.

ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވާ ތާރީހަކީ މިއަދު ކަނޑައަޅާފައި ވަނީ އޭޕްރިލް 16 ގައެވެ. ނަމަވެސް އިންތިހާބު ރޯދަ މަހާއި ދިމާވާތީ ވޯޓުލުން ފަސްކޮށްދޭން އެދި ހުށަހެޅީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ނަމަވެސް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ އެކަމަަށް ދެކޮޅު ހަދައި، އިންތިހާބު ފަސް ކުރުމުގެ ފުުރުސަތު ނުދޭނެކަމަަށް ބުނެފަ އެވެ.

އިމާދުއްދީން ސްކޫލުގައި މިވަގުތު ކުރިޔަދާ ގައުމީ މަޖިލީސް ހޫނުވީ، މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ދީފައިވާ ވަގުތު ހަމަވުމުން ވެސް އޭނާގެ ވާހަކަ ކުރިޔަށް ގެންދަން އެދި، ވާހަކަ ދެއްކުން ހުއްޓަވާ ނުލެއްވުމުންނެވެ.

ނުސީދާ ގޮތެއްގައި ފައްޔާޒަށް އާޒިމް ފާޑުވިދާޅުވަމުން ގެންދެވިއިރު، ގައުމީ މަޖިލީހުގެ އެހެން މެމްބަރުން ދިޔައީ އަޑުގަދަ ކުރަމުންނެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ގެންދެވީ އަޑުގަދަކޮށް މޭޒުމާތީ ބާރަށް އަތް ޖަހަމުންނެވެ.

އޭގެ ފަހުން ކުއްލިއަކަށް ފައްޔާޒް ވެސް ތެދުވެވަޑައިގެން އަޑުގަދަ ކުރެއްވި އެވެ. އޭރު ވެސް އާޒިމް ވިދާޅުވަމުން ގެންދެވީ، އިންތިހާބު ގެއްލުވާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އާޒިމް ތަކުރާރުކޮށް ވިދާޅުވީ އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ އިންތިހާބުގެ ތާރީހު ބަދަލު ކުރަން ޖެހޭ އެެއްވެސް ސަބަބެއް ނެތް ކަމަށެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: