ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމް ފައްޔާޒަށް: “ތިގޮތަށް ހަޅޭއް ލަވައިގެން މިކަން ކުރަން ލާހިކެއް ނޫން”

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަސް ކުރަން ވޯޓުދޭ ގައުމީ މަޖިލީހުގެ މެމްބަރުންނަކީ ސަރުކާރުގެ ނުފޫޒުން އެކަން ކުރާނެ ބައެއްކަމަަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މުޑުދާރު ގޮތަކަށް އިންތިހާބު ފަސް ކުރަން މަސައްކަތް ކުރާކަމަށް ބުނެ އާޒިމް ވާހަކަ ފެއްޓެވުމުން، ފައްޔާޒް ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ. އިންތިހާބު ފަސް ކުރާ ސަބަބާއި މެދު އާޒިމް ސުވާލު އުފައްދައި އާޒިމް ވިދާޅުވީ، މިއީ އެއްވެސް ގޮތަކަށް ރަމަޟާން މަހާއި އިންތިހާބާއި ދިމާވާތީ ދައްކާ ވާހަކައެއް ނޫން ކަމަށެވެ.

އާޒިމް ވިދާޅުވީ ފެންނަނީ ނުފޫޒު ފޯރުވާ މަންޒަރުކަމަށާއި، ފެންނަނީ ކޮރަޕްޝަންގެ ހަޑިމުޑުދާރު އަމަލުން އިންތިހާބު ނަގަން އުޅޭ މަންޒަރު ކަމަށެވެ.

ވަގުތު ހަމަވުމުން ވެސް، އިތުރު ވަގުތު ދޭން އެދި އާޒިމް ވާހަކަ ކުރިޔަަށް ގެންދެވި އެވެ. އެކަމާއި ނުރުހުންވެ ފައްޔާޒަށް ތާއީދު ކުރާ މެމްބަރުން އަޑުގަދަ ކުރަން ފެށުމުން އާޒިމް ވަނީ ފައްޔާޒުގެ ނަން ވިދާޅުވެ، މިގޮތަށް އަމަލު ނުކުރުމަށް ވިދާޅުވެފަ އެވެ.

އަޑުގަދަ ކުރަމުން ދިޔަ ވަގުތު، މައިކު ނަންގަވައި ފައްޔާޒް ވިދާޅުވީ އޭނާއަށް އަމާޒުކޮށް ބްރޯއޭ ވެސް ކީދާނެ ކަމަށެވެ. ނަމަވެސް ބްރޯ ހެދިގެން އުޅެނީ ކާކުކަން މެމްބަރުންނަަށް އެނގޭނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.

 

ވަރަށް ގަދަ
7%ވަރަށް ގަދަ 85%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: