ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒްގެ ރައްދު: “ބްރޯއަކީ ކާކުކަން ރައްޔިތުންނަށް އެނގޭނެ”

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެމްޑީޕީގެ އިވެންޓެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ބްރޯކަމަަަށް ބުނެ، އަމާޒު ކުރާ ބަހުގެ ހަމަލާތަކަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރައްދު ދެއްވައިފި އެވެ.

އިމާދުއްދީން ސްކޫލުގައި ކުރިޔަށް ގެންދާ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުން ހޫނުވެ، މެމްބަރުން ވަނީ ބައްދަލުވުން ފެށުނުތަނާހެން ޒުވާބުތައްކޮށްފަ އެވެ.

އަންނަ އޭޕްރިލް މަހުގެ 16 ގައި ބާއްވަން ނިންމި އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސް ކުރުމަަށް ފައްޔާޒް ހުށަހެޅި މައްސަލައިގައި ގޮތެއް ނިންމަން ކުރިޔަށް ގެންދާ ބައްދަލުވުން ހޫނުވެ މެމްބަރުން ވަނީ އަނެއްކާވެސް ”އަސްލު އެމްޑީޕީ“ އެއްގެ ވާހަކަ ދައްކާފަ އެވެ.

އިންތިހާބު ފަސް ކުރުމަަށް ފައްޔާޒް ހުށަހެޅުއްވީ، ވޯޓުލުން ރޯދަ މަހާއި ދިމާވާތީ އެވެ. ނަމަވެސް އެކަމަށް ދެކޮޅު ހައްދަވައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ފަރާތުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ވޯޓު އޮޅުވާލައި، ގަޑުބަޑު ކުރަން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.

މިރޭގެ ޖަލްސާ ހޫނުވެ ފައްޔާޒް ވިދާޅުވީ އޭނާ ހުންނެވީ ސަރުކާރާއި އެކު ގަދަކޮށްކަމަށާއި، މިއަދު ފާޑުކިއުމުގެ ބޭނުމުގައި ”ބްރޯ“ ވެސް ކިޔަންވީ ކަމަށެވެ. އަދި ނުފޫޒު ފޯރުވަނީކަމަށް ބުނެ ވެސް ވާހަކަ ދެއްކިދާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އަސްލު ބްރޯއަކީ ކާކުކަން ދިވެހި ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

“އަޅުގަނޑުމެން ކޮންމެހެން ނޫޅެން ކޮންމެހެން ތާހިރު ކެމްޕޭނެކޭ ކިޔައިގެން މިއަކަށް އެއްޗެހި ކިޔާކަށެއް.. އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަމުން އައީ އެއްޗެކޭ ނުބުނެ ވޭތޯ” ފައްޔާޒު

ފައްޔާޒް ވަނީ ނުފޫޒު ފޯރުވޭނަމަ އެކަން ކުރެވޭނީ ކޮން ބަޔަކަށްތޯ ބެލުން ރަނގަޅު ކަމަށެވެ. އަދި ވަކި ވަކި މީހުންނާއި ވާހަކަ ދައްކައި، ތިމަން ބޭފުޅާ ބޭރުކުރަން އުޅޭކަމަަށް ބުނެ ވާހަކަ ދައްކަނީ ކާކުތޯ ބަލަން ގޮވާލާފަ އެވެ.

ވަގުންނަށް ގޮވުމާއި އަދި، ނުފޫޒުގެ އެތައް ތުހުމަތުތަކެއް ކުރާއިރު އޭނާއަކީ ވެސް އެމްޑީޕީއަށްޓަކައި ގިނަ ގުރުބާނީއެއް ވި ބޭފުޅެއްކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: