ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ގޯތި ދޫކުރާނީ ހިލޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ބަޔާނުގައި އިއުލާންކޮށްފައި ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކަމަށާއި ގޯތި ވިއްކުމު އުސޫލެއް ނުގެންގުޅޭނެކަމަށް ރައީސް އޮފީހުން މާލެ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

މާލެ ރަަށްވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުންނާއި އެ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ހުޅުމާލެއިން ގޯތި ދިނުމަށް އެދި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގެ ޖަވާބުގައި ރައީސް ވިދާޅުވެފައިވަނީ މާލޭ މީހުންނަށް ގޯތި ދޭނީ ހުޅުމާލޭގެ ބަދަލުގައި މާލޭން ކަމަށާއި އެ ގޯތިތައް ދޫކުރާނީ އެއްވެސް އަގަކާއި ނުލައިކަމަށެވެ.

މުއިއްޒު ރައީސަށް ފޮނުވި ސިޓީގައި ވަނީ މާލޭގެ ރަށްވެހިންނަށް ހުޅުމާލެއިން ގޯތި ދޫކުރުމަކީ އިންސާފެއް ނޫންކަމަށާއި، ރާއްޖޭގެ ރަށްތަކުން ވެސް ގޯތި ކަނޑައި ބިން ދޭ އުސޫލު މާލޭގެ ރައްޔިތުންނަށް ވެސް އޮންނަން ޖެހޭ ކަމަށެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި މާލެ ރައްޔިތުންނަށް ގޯތި ދިމުނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުންވެސް ގޯތި ދިނުމަށް ނިންމާފައިވާކަން ރައީސް ހާމަކުރިކަން ފާހަގަކޮށް ސިޓީގައި ވަނީ އެ އުސޫލާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ދާނެކަމަށެވެ.

މީގެ އިތުރުން ރިޔާސީ ދައުރު ނިމުމުގެ ކުރިން މާލެ ރައްޔިތުންގެ އެންމެ ޒަރޫރީ ބޭނުމަކަށް ވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން، މާލޭ ރައްޔިތުންނަށް އިން ވަކިކޮށް ގޯތީގެ ފަތް ހަވާލު ކުރެވޭނެ ކަމުގައި ރައީސްގެ ސިޓީގައިވެއެވެ.

މާލޭގެ ރަށްވެހިންގެ ބޯހިޔާވަހިކަމަށް ހައްލު ގެނައުމުގެ ވާހަކަ ރިޔާސީ ބަޔާނުގައި ހިމެނިފައި ނުވާތީ މުއިއްޒު ހުށަހެޅުއްވި ޝަކުވާގެ ޖަވާބުގައި ރައީސް ވިދާޅުވެފައި ވަނީ ރިޔާސީ ބަޔާނުގައި ގޯތި ވިއްކުމުގެ އެއްވެސް ބާހަކައެއް ހިމެނިފައި ނުވާނ ކަމަށެވެ.

މީގެ އިތުރުން މާލެސިޓީ ކައުންސިލުން ހުޅުމާލެއިން ގޯތި ދޫކުރުމާގުޅޭ ގޮތުން ފާހަގަކޮށްފައިވާ ކަންތައްތައް ހައުސިންގ މިނިސްޓްރީ ސަމާލުކަމަށް ގެނެވިފައިވާނެ ކަމުގައިވެސް ރައީސް އޮފީހުން މުއިއްޒަށް ފޮނުވާފައިވާ ސިޓީގައިވެއެވެ.

ބޯހިޔާވަހި ކަމުގެ މައްސަލަ އަކީ ހައްލުކުރަން މިސަރުކާރުގެ ފަރާތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.  ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިއަހަރުގެ ތެރޭގައި ހިޔާ ފްލެޓަށް މާލެއިން ގިނަ އަދަދެއްގެ އާއިލާތަކުގެ ދިރިއުޅުން ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން ހިޔާ ފްލެޓް ދޫކޮށްލާ މީހުންނަށް ވިނަރެސް ފްލެޓަށް ކުރިމަތިލެވޭނެ މަގު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

ސަރުކާރުން ވެރިކަމާއި ހަވާލްވެ މިވީ ތިން އަހަރުދުވަހުގެ ތެރޭގައި މާލެއާއި ރާއްޖެ ތެރޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގިފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: