ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމައަށް ގޮސް ހާލުގައި ޖެހުނު ދިވެހި އާއިލާއެއް ރާއްޖެ ގެނެސްފި

ސީރިއާގައި ކުރާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ގޮސް ތިބި ދިވެހިންތަކެއް ފެންނަ ފޮޓޯއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް ހާލުގައި ޖެހި ފުރާނައަށް ނުރައްކާވެފައިވާ ދިވެހި އާއިލާއެއް މިއަދު ރާއްޖެ ގެެނެސްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ މަސައްކަތުގެ ތެރެއިން ފުރަތަމަ އާއިލާ މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށާއި އެ އާއިލާގެ ތެރޭގައި ހިމެނެނީ ދިވެހި އަންހެނަކާއި، އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިން ކަމަށެއެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދަތުރުކޮށްފައިވާ ދިވެހި ފިރިހެނުންނާއެކު ދަތުރުކުރި އެމީހުންގެ އަނބިންނާއި އެފަދަ އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިން، ހަނގުރާމާގައި ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕުތަކާއި އެފަދަ އެހެންތަންތަނުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ޙާލަތަށް ގޮސްފައިވާ ކަމުގެ ޝަކުވާ ދިވެހި ސަރުކާރަށް ލިބިފައިވާ ކަމަށެވެ.

އެފަދަ މީހުން ނިސްބަތްވާ އާއިލާތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި ސަރުކާރުގެ ކަމާގުޅުންހުރި ތަފާތު އިދާރާތަކަށް އެފަދަ ޝަކުވާ ކުރަމުންދާ ކަމަށާއި މިފަދަ މައްސަލަތަކަށް އެކަށީގެންވާ ޙައްލެއް ހޯދުމަކީ ސަރުކާރުގެ ރިޔާސީ ވަޢުދަކަށް ވާތީ ވޭތުވެދިޔަ ދުވަސްތަކުގައި މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ވަނީ ކުޑަކުދިންނާއި އަނިޔާއަށް ހުށަހެޅިފައިވާ އަންހެނުންނަކީ ރާއްޖޭގެ ޤާނޫނުތަކާއި ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުން ޚާއްސަ ސަލާމަތާއި ރައްކާތެރިކަން ދީފައިވާ ބައެއް ކަމަށާއި އެހެންކަމުން، އެފަދަ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަކޮށް ޒާތީމައުލޫމާތު އާންމުކޮށް ފެތުރުމަކީ އެފަދަ ފަރާތްތަކުގެ އިންސާނީ ކަރާމަތަށް އުނިކަންލިބޭ، ޤާނޫނީގޮތުން މަނާކަމެއް ކަމަށް ބުނެފަ އެވެ.

އެގޮތުން މިފަދަ ޢާއިލާތައް ރާއްޖެ ގެނައުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދިވެހި ރައްޔިތުންގެ އަސާސީ އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމަށް ކަމަށްވެސް ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: