ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްބަލިކް ބަސް ދަތުރު ނުފެށޭތީ ސިފާގެ ނުރުހުން، މުއިއްޒު ވިދާޅުވީ ބަޖެޓު އޮތީ ހިފަހައްޓާފައިކަމަށް!

މޭޔަރު ޑރ. މުއިއްޒު އާއި، ކުރީގެ މޭޔަރު ސިފާ އަދި ޑެޕިއުޓީ މޭޔަރު ޝަމާއު އާއި އެކު ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގައި އެކުލަވާލި، ޕަބްލިކް ބަސް ދަތުރުތައް ރޯޑް ޕްރޮޖެކްޓުގެ ދަށުން ކުރިޔަށް ނުދާތީވެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ކަންބޮޑުވުން ފާޅުކުރުމުން އެ މަސައްކަތް ކުރިޔަށް ނުދަނީ ބަޖެޓު ހިފަހައްޓާފައިވާތީކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރަޝިއާއިން ޔުކްރެއިނަށް ގެންދާ ހަމަލާތަކުގެ މައްސަލައިގައި، ރަޝިއަށް ގިނަ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު އުފުލި އޭގެ އަސަރު ރާއްޖެއަށް ވެސް ދަނީ ކުރަމުންނެވެ. ދަތުރުތަކުގެ އަގު އުފުލެމުންދާ ވަގުތެއްގައި، މާލެ ސަރަހައްދުގައި ޓެކްސީ ދަތުރު ކުރާ އަގުތައް ބޮޑު ކުރުމަށް ނިންމައި އެކަން ޓްރާންސްޕޯޓަށް ހުށަހެޅުމުން މިނިސްޓްރީން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.

މީގެ ކުރިން ވެސް އެކި ސަބަބުތަކާއި ހުރެ ދަތުރުތަކުގެ އަގު ބޮޑު ކުރުމަށް ޑްރައިވަރުން ނިންމި ނަމަވެސް، މިނިސްޓްރީން އެންގީ އަގުބޮޑުކޮށް ދަތުރު ކުރާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެއަށްފަހު މިދިޔަ ހަފްތާގައި ޓްރާންސްޕޯޓާއި އެކު ކުރިޔަށްގެންދިޔަ ބައްދަލުވުންތަކުން އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށް ބުނެ އިހުތިޖާޖުތަކެއް ކުރުމަށް ފަހު ޑްރައިވަރުން މާލެ، ހުޅުމާލެ ހައިވޭއަށް ވެސް ދަތިވާގޮތަށް ބްލޮކް ކުރި އެވެ.

ޖޫރިމަނާކޮށް ފިޔަވަޅު އެޅިޔަސް ހެޔޮކަމަށް ދަތުރުތަކުގެ އަގު ބޮޑު ކުރުމަށް ނިންމައި އެކަން ސެންޓަރުތަކުން އަންގާފައި ވަނިކޮށް މާލޭގެ ކުރީގެ މޭޔަރު ސިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ޕަބްލިކް ބަސް ދަތުރުތައް ރޯޑް ޕްރޮޖެކްޓުގެ ދަށުން ނުފެށި އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ޓެކްސީ ލިބުމުގައި ދަތިތަކެއް ދިމާވާތާ ގިނަ ދުވަސްތައް ވެފައިވާކަން ފާހަގަކޮށް ސިފާ ވިދާޅުވީ ގިނަ ފަހަރަށް ކުޑަ ދަރިފުޅާއި އެކު ވެސް ދަތުރު ކުރަން ޖެހެނީ ކުޑަ ޕިކަޕެއްގައި ކަމަށެވެ.

ސިފާގެ މި ޓްވީޓަށް ރައްދު ދެއްވައި ކުރީގެ ހައުސިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މުއިއްޒު ވިދާޅުވީ ރޯޑް ޕްރޮޖެކްޓުގެ ބަޖެޓު ސަރުކާރުން ހިފަހައްޓާފައިވާތީ މަސައްކަތް ހުއްޓިފައި އޮންނަތާ ހަތަރު މަސް ދުވަސް ވެފައިވަކަމަށެވެ.

“މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް” އަކީ ސިފާ މޭޔަރަކަށް ހުންނެވިއިރު އެކުލަވާލި ޕްލޭނެކެވެ. އޭރު އެ ޕްލޭންގައި ވާ ގޮތުގައި ޕްރޮޖެކްޓުގެ ދަށުން ޓްރާންސްޕޯޓާއި، ޕާކިން މައްސަލައަށް ވެސް ހައްލެއް ލިބޭނެ އެވެ.

ސިޓީ ކައުންސިލްގެ ވެބްސައިޓުގައި “ހިތް ފަސޭހަ މަގުމަތި” ޕްލޭންގައި ވާގޮތުން ޕާލޭގައި ޕަބްލިކް ބަސް ސާވިސް ކުރިޔަށް ގެންދެވޭނެ އެވެ. އަދި ޕަބްލިކް ބަސް ސާވިސް ބޭނުން ކުރާ މަގުތަކުގައި ޕާކިންއަށް އެދެވޭ ހައްލެއް، ރައްޔިތުންގެ މަޝްވަރާއާއި އެކު އަންނާނެކަމަށް ބުނެފައި ވެއެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ކައުންސިލްގެ ވިސްނުމަކީ ޓްރާންސްޕޯޓާއި ގުޅިގެން ބަހުގެ ހިދުމަތް މާލޭގައި ދިނުން ކަމަށެވެ. އެ މަސައްކަތަށް ރަނގަޅު، އަދި ކުދި ބަސްތައް ބޭނުންވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމިއިރު، ޓްރާންސްޕޯޓުން ވެސް ވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ނިންމައި އެކަން އިއުލާނުކޮށްފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: