ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާގެ ދިފާއަށް ސުޕްރީމް ކޯޓުން ނެރުނު ރައީސް ޔާމީންގެ ހުކުމް!

އާޒިމާ ކްރިމިނަލް ކޯޓުގެ އަޑުއެހުމަށް ހާޒިރު ވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑާރ ކުރުމަށް އެހީތެރިވެދިންކަމުގެ ތުހުމަތަށް، އެމަނިކުފާނުގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ދިފާއީ ހެއްކަކަށް ސުޕްރީމް ކޯޓުން ބާތިލު ކުރި ރައީސް ޔާމީންގެ ހުކުމް ހުށަހަޅައިފި އެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމިުގައި ހުންނަވައިގެން މަނީލޯޑާރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށެވެ.

މައްސަލައިގައި މިހާތަނަށް ހަތަރު ގާޒީއަކު ހަވާލުވީއިރު، މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދާއި ދިފާއީ ވަކީލާއި މަސްލަހަތު ފުށުއަރާތީ ދެން މައްސަލަ ދިޔައީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ހުންނެވި އިސްމާއީލް ރަޝީދަށެވެ. ނަމަވެސް އުފެދުނު ސުލޫކީ މައްސަލައެއްގެ ތެރެއިން، އަނެއްކާވެސް މައްސަލަ ހުއްޓުނީ އެވެ. އެންމެ ފުރަތަމަ މައްސަލަ އާއި ހަވާލުވީ އިސް ގާޒީއަކަށް ހުންނެވި ހައިލަމް އެވެ.

މިހާރު މައްސަލަ އާއި ހަވާލުވެ ހުންނެވީ ގާޒީ އަލީ އާދަމް އެވެ. އެކަމަށް ދައުލަތުންނާއި، ދިފާއުން ވެސް އިއުތިރާޒެއް ނުކުރެ އެވެ. މައްސަލަ މީގެ ކުރިން ތާށިވެފައި އޮތީ އިބްތިދާއީ މަރުހަލާފަ އެވެ.

ދައުލަތުން މިއދު އިއްވި ދައުވާގައި ވާގޮތުން، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އެކްސްކްރޯ އެކައުންޓަށް ޖަމާކުރިކަމަށް ލިއުމަކުން އާޒިމާ އަންގާފައިވަނީ އެ ފައިސާ ނޫންކަން އެނގި ހުރެ އެވެ. ދެވަނަ ދައުވާގައި ވަނީ އެކްސްކްރޯ އެކައުންޓަށް އެހެން ފައިސާއެއް ޖަމާކުރުމަށް ފަހު، އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާ އިންވެސްޓްމަންޓު އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވާލީ ކަމަށެވެ. ދިފާއަށް އާޒިމާ ފާހަގަ ކުރެއްވީ، ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ ހުކުމް ބާތިލުކޮށް ނެރުނު ހުކުމެވެ.

މަނީ ލޯންޑާރ ކުރުމުގައި އެހީތެރިވެދިންކަމަށް ބުނެ އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ ވަނީ މީގެ ކުރިން ވެސް އިންކާރުކޮށްފަ އެވެ. މައްސަލައަށް ދެ އަހަރު ވެ، އަދިވެސް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުދާއިރު މިއަދުގެ އަޑުއެހުމުގައި އާޒިމާ ވިދާޅުވީ ދައުލަތުން ދައުވާގައި ބަޔާން ކުރާ އެކައުންޓު ނަމްބަރާއި، އޭސީސީން ބަޔާން ކުރާ ނަމްބަރާއި ދިމާ ނުވާ ކަމަށެވެ.

އެއް ކުށަކަށް ދެ ދައުވާ ނުއުފުލޭނެކަން ފާހަގަކޮށް، އާޒިމާ ވަނީ އެ ނުކުތާ ވެސް މިއަދު ނަންގަވާފަ އެވެ.

މިއީ މަދަނީ މިންގަނޑަކުން ބެލެވެން ނެތް ދައުވާތަކެއްގެ ގޮތުގައި ފާހަގަކޮށް އާޒިމާ ވިދާޅުވީ، ރާއްޖޭގެ އެންމެ މަތީ ކޯޓުން ވެސް ނެރުނު ހުކުމުން މަނީ ލޯންޑްރިންގެ ދައުވާގައި ފުރިހަމަ ވާންޖެހޭ ހުރިހާ ނުކުތާތަކެއް ފުރިހަމަ ނުވާކަން އެނގޭ ކަމަށެވެ. އެ ހުކުމާއި އެކު، އޭނާގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާ ނުއުފުލޭނެކަމަށް އާޒިމާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި މާ ތަފްސީލުކޮށް ވާހަކަ ނުދައްކައި، ޝަރީއަތް ނިންމަވާލައްވަމުން ގާޒީ އަލީ އާދަމް ވިދާޅުވީ ދައުލަތުންނާއި ދިފާއަށް ހެކި ހުށަހަޅައި އެ ހާމަ ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާކަމަށެވެ. މައްސަލައިގައި އާޒިމާ ވެސް އެދިވަޑައިގަތީ ދިފާއަށް ހެކި ހުށަހަޅަން އެކަށީގެންވާ ވަގުތު ދިނުމަށެވެ.

އާޒިމާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ އަދި ވެސް ތަހުގީގު ފުރިހަމަ ނުވާ މައްސަލައެއް ކަމަށާއި އެހެން ކަމުން ތަހުގީގު ފުރިހަމަ ނުވާ މައްސަލައެއްގައި މީހެއްގެ މައްޗަސް ދައުވާ ނުކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މަނީލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް ކުރާއިރު ދައުކަތުން މައްސަލަ ސާބިތު ކުރުމަށް އެފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށާއި ހެއްކެއް ނެތި މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށް އާޒިމާ ވިދާޅުވިއެވެ.

މީގެއިތުރުން އާޒިމާ ވަނީ މި މައްސަލަ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައާއި ގުޅޭއިރު، އެސްއޯއެފްގެ އެކައުންޓު މި ފައިސާތައް ޖަމާކުރި އެ ކުންފުނީގެ އެއްވެސް މީހަކާއި ދައުލަތުން ސުވާލު ނުކުރާކަން ފާހަގަކޮށްފައެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ވެސް ނުހިންގާކަމަށް ވިދާޅުވިއެވެ. އަދި ބީއެމްއެލްއިން ހޯދިކަމަށް ދައުލަތުން ބުނާ ލިއުން އެއީ  ދައުލަތުގެ ފައިސާ ކަމަށް ބެލެވޭ ފައިސާ އެކްސްކްރޯ އެކައުންޓަށް ޖަމާކުރިކަން ޔަގީން ކުރުމަށް ހޯދި ލިޔުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: