ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދު ޕީޖީ ޝަމީމަށް: 15 އަންހެނުން، 13 ފިރިހެނުންނަށް ވާތަން ދުނިޔެއަށް ހާމަވާނެ!

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ނެރޭނެކަމަށް ބުނާ އިންޓަޕޯލް ރެޑް ނޯޓިސް ވެބްސައިޓުގައި ހިމަނާނެ ދުވަހެއްގެ އިންތިޒާރުގައި ހުރިކަމަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި މަގާމުން ވަކި ކުރުމުން ބޭރުގައި ފިލައިގެން އުޅޭތާ އަހަރެއްވެފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ހަތް ދައުވާއެއް އުފުލައި ޝަރީއަތް ފަށާފައިވަނިިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިޔަތާ މިދިޔަ މަހަށް އަހަރެއް ވަނީ ވެފަ އެވެ.

އަލީ ވަހީދު ރާއްޖެ ގެނައުމަށް މިދިޔަ ނޮވެމްބަރު 28 ގައި ކްރިމިނަލް ކޯޓުން ނެރުނު ތަންފީޒު ނުކުރެވޭ ސަބަބެއްކަމަށް ފުލުހުން ބުނީ ކޯޓުގެ އިނގިރޭސި ތަރުޖަމާ ނުލިބުމެވެ. އަމުރު ހޯދިތާ ވެސް ގިނަ ދުވަވެސް އެއްވެސް ކުރިއެރުމެއް ނުލިބިވަނިކޮށް، ރެޑް ނޯޓިސްގެ ވާހަކަ މީޑިއާތަކާއި ހިއްސާ ކުރީ މާޗް 03 ގަ އެވެ.

އަލީ ވަހީދު ހައްޔަރުކޮށް ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން ބުނިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ ނޯޓިސް ނެރެފައި ނުވެ އެވެ.

ހައްޔަރުކޮށް ރާއްޖެ ގެންނަން ބޭނުންވާ މީހުންގެ ލިސްޓުގައި އަދިވެސް އަލީ ވަހީދުގެ ނަން ހިމެނިފައި ނުވާތީ އެކަން މިއަދު ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމުން ފުލުހުން ބުނީ އެކަމުގައި ދޭނެ އިތުރު އާ ޖަވާބެއް ނެތް ކަމަށާއި މަސައްކަތް އަދިވެސް ދަނީ ކުރިޔަށް ކަމަށެވެ.

މީޑިއާތަކުގެ ހަބަރުތަކާއި ގުޅިގެން ޓްވީޓެއްކޮށް އަލީ ވަހީދު ބުނީ އޭނާ ހުރީ ރެޑް ނޯޓިސް ވެބްސައިޓަށް ލާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށެވެ. އަދި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ލަންޑަނުގެ ކޯޓެއްގައި އޭނާއަކީ ކުށްވެރިއެއްކަމަށް ބުނެ ވާހަކަ ދައްކާ މަންޒަރު ބަލަން ކެތްމަދުވެފައި ކަމަށެވެ.

އަލީ ވަހީދުގެ ޓްވީޓުގައި ވަނީ އޭނާއަށް ކުރާ ތުހުމަތާއި ގުޅުވައި ވެސް ނުސީދާ ގޮތެއްގައި ރައްދެއް ދީފަ އެވެ. “15 އަންހެނުން” 13 ފިރިހެނުންނަށް ވެ، އެ މީހުން އަޅާ ބެލްޓަށް ވާތަން ކުރިޔަށް އޮތްތަނުގައި ދުނިޔެއަށް ހާމަވާނެކަމަށާއި ކާމިޔާބު ވަނީ ކައިރީގައިކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި މި ނުސީދާ ބަހުގެ ހަމަލާއަކީ މިނިސްޓްރީގައި މަސައްކަތް ކުރާ ބައެއް ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނާއި އަދި އެހެން މީހުންނަށް ވިދާޅުވި ބަހެކެވެ. އަލީ ވަހީދު އޮންލައިންކޮށް މީޑިއާއި އެކު ބޭއްވި ބައްދަލުވުމުގައި ވެސް ވަނީ އޭނާގެ ޝަކުވާ ކުރުމަށް ރައީސް އޮފީހަށް ދިޔައީ ހުސް އަންހެނުންތޯ ސުވާލު އުފައްދާފަ އެވެ. އަދި އޭނާ ފްރޭމް ކުރުމުގައި މިނިސްޓްރީގެ އެހެން ބައެއް މީހުންގެ އަތެއްވާކަން ދޭހަވާ މޭރުމަކުން ވާހަކަ ދެއްކެވި އެވެ.

އެ ދުވަހުގެ އެ ޕްރެސްގައި އަލީ ވަހީދު އެ ވާހަކަ އެ އަމާޒު ކުރީ، މަގާމުން ވަކި ކުރުމުން ރައީސްގެ ފިޔަވަޅަށް މަރުހަބާ ކިޔައި ޓްވީޓު ކުރި މިނިސްޓްރީގެ ފިރިހެން މުވައްޒަފުންތޯ “ސަންގު” އިން ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ އެހެން ދިމާވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: