ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މިރޭ 08:00 ގައި ގައުމާއި މުހާތަބު ކުރައްވަނީ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާއި މުހާތަބު ކުރައްވާނެކަމަށް ރައީސް އޮފީހުން މީޑިއާތަކަށް މައުލޫމާތު ދީފި އެވެ.

މިރޭ 20:00 ގައި ރައީސް ގައުމާއި މުހާތަބުކޮށް ވާހަކަ ދަައްކަވާނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް މެދުވެރިކޮށެވެ. ރައީސްގެ ވާހަކަފުޅު ޓީވީ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެ އެވެ.

ރައީސް ގައުމާއި މުހާތަބު ކުރައްވަނީ ކޮންކަމަކާއި ގުޅިގެންކަން ސާފެއް ނޫނެވެ. ރައީސް އޮފީހާއި ސުވާލު ކުރުމުން ވެސް އެކަމުގެ މާބޮޑު ޖަވާބެއް ނުލިބެ އެވެ.

ސިންގަޕޫރުގައި ތައިރޮއިޑް ފަރުވާ ހޯއްދަވައި، ސާޖަރީއަށް ފަހު ރައީސް އެނބުރި ވަޑައިގަތީ މިދިޔަ ހަފްތާގަ އެވެ.

ރައީސް ސޯލިހު ނޫސްވެރިންނާއި ވެސް ބައްދަލު ނުކުރައްވާތާ ވެސް ގިނަ ދުވަސް ވަނީ ވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: