ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެއްކާއި ބެހޭ މަރުހަލާ ހަމައިން ރައީސް ޔާމީންގެ މައްސަލަ ލައިވް ކުރެވޭތޯ ބަލަނީ!

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، ސަޕޯޓަރުން އުފާ ފާޅުކުރަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ހުންނަވައިގެން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ބައެއް އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ހެކި ނެގުމުގެ މަރުހަލާ ފެށެންވާއިރަށް ލައިވް ކުރެވޭތޯ ބަލާނެކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

އާރަށުގެ މައްސަލައިގެ އަޑުއެހުންތައް ފެށައި ކުރިޔަށްދާއިރު، ރައީސް ޔާމީން ވަނީ މައްސަލަ ލައިވްކޮށްދޭން އެދި ތަކުރާރުކޮށް ހުށަހަޅާފަ އެވެ. ނަމަވެސް އިސް ގާޒީ ވިދާޅުވީ ލައިވް ބްރޯޑްކާސްޓު ކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ކޯޓުގައި ނެތްކަމަށާއި، އެ ވަސީލަތްތައް ހަމަޖެހުމުން ލައިވް ކުރުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.

އަޑުއެހުންތައް ލައިވް ކުރަން ބޭނުންވާ ސަބަބެއްކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަ ކުރައްވާފައި ވަނީ، އެމަނިކުފާނަކީ ދިވެހިރާއްޖޭގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރި ވެރިއަކަށް ވުމާއި އެކު މިއީ އާއްމުންގެ މަސްލަހަތާއި ގުޅުން ހުރި މައްސަލައަކަށް ވުމެވެ. އަދި އެންމެ ފުރަތަމަ ތުހުމަތު ކުރި ގއ. ވޮޑަމުލާގެ މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުން ވެސް ވެގެން ދިޔައީ ދައުލަތުން ހަދާ ގޯސްތަކާއި އަދި ރައީސް ޔާމީންގެ މައުސޫމްކަން ދިވެހި ރައްޔިތުންނަށް ސާބިތުވެގެން ދިޔަ ކަމެއްގެ ގޮތުގައި ވިދާޅުވި އެވެ.

ަވަސީލަތްތައް ހަމަޖެހުމުން ޝަރީއަތްތައް ފަށަން ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ހުށަހެޅުއްވި އެވެ. ޝަރީއަތްތައް ލައިވް ކުރުމަށް ދެކޮޅު ނެހެދި ނަމަވެސް އެ އިންތިޒާމުތައް ހަމަޖެހެން ދެން ޝަރީއަތައް މެދުކަނޑާލުމާއި މެދު ދައުލަތުން އިއުތިރާޒު ކުރި އެވެ.

ރައީސް ޔާމީންގެ ޝަރީއަތްތައް ހުރިހާ ވަސީލަތެއް ފޯރުކޮށްދީގެން ލައިވް ކުރުމަށް ރާއްޖޭގެ ދެ ޕްރައިވެޓް މީޑިއާއެއްކަމަށް ވާ “ސަންގު ޓީވީ” އާއީ “ޗެނަލް 13” އެވެ.

މިއަދުގެ އަޑުއެހުން ފެށުމާއި އެކު ޑރ. ޖަމީލް ވަނީ ޝަރީއަތް ލައިވް ކުރުމާއި މެދު ގޮތެއް ނިންމަވާފައި ވޭތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އަދި ދުވަހަކާއި މެދު އަދި ސީދާ ގޮތެއް ނިންމާފައި ނުވާކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި އެކަން މަގުފަހި ކުރަން ކުރެވެން ހުރި މަސައްކަތެއް ކްރިމިނަލް ކޯޓުން ކުރަމުން ގެންދާ ކަމަށެވެ.

ގާޒީ ޝަކީލް ވިދާޅުވީ ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބައި ފެށެންވާއިރަށް ލައިވް ކުރުމުގެ އިންތިޒާމު ހަމަޖެހޭނެކަމަށް ބެލެވޭ ކަމަށެވެ.

ޑރ. ޖަމީލް ވަނީ ވީހާވެސް އަވަހަށް އެ އިންތިޒާމު ހަމަޖެއްސުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ޝަރީއަތުގެ އިންސާފުވެރިކަމާއި އަދި ދައުލަތުން ރައީސް ޔާމީނާއި މެދު އަމަލު ކުރާ ގޮތް ރައްޔިތުންނަށް އޭރުން ސާފުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: