ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަހަމަ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ގޮވާލާ ޖާބިރު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ލާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭހެ ރައްޔިތުންނަށް ހަމަހަމަ ކަމާއިއެކު ބޯހިޔާވަހިކަން ހޯދައި ދިނުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ތިން މެމްބަރުން ނެެވެ. ނުފެންނަކަަމށް 25 މެމްބަރުން އަދި ވަކި ކޮޅަކަށް އެއް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. އެހެންވެ އެ މައްސަލައާ މެދު ބަހުސް ކުރަން ފާހެއް ނުވި އެވެ.

ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ބުނީ އެއީ އަސާސީ ހައްގެއް ކަމަށާއި އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށް ގާނޫނުގައި ވެސް ސާފުކޮށް ބުނެފައިވާ ކަމަށެެވެ. ޖާބިރު ވިދާޅުވީ ސަރުކާރުން އެކުލަވާލައިފައިވާ ދަފްތަރުގެ ސިޔާސަތުގެ ސަބަބުން އެތައް ބައެއްގެ ގޯތި ގެދޮރުގެ ހައްގުން މަހުރޫމްވެގެންދާ ކަމަށެވެ. އަދި މާލޭގެ ދަރިއުޅޭ އެތައް ރައްޔިތުންނެއް ދަފުތަރުގައި ޖެހިފައި ނުވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ވަކި ކަމެއް ޙާޞިލް ކުރަން ދަފްތަރުގައި ޖެހުން މަޖުބޫރު ކަމަކަށް ވެފައި އޮންނާތީ، އެއްވެސް ރައްޔިތަކަށް ބޯހިޔާ ވަހިކަމުގެ މިޙައްޤު ގެއްލިގެން ނުދާނޭހެން ހުރިހާ ރައްޔިތުންގެ މެދުގައި ހަމަ އުސޫލަކުން ރާއްޖެ ތެރޭ މީހެއް ނުވަތަ މާލޭ މީހެއް ތަފާތު ކުރުމެއް ނެތި ބޯހިޔާ ވަހި ކަމުގެ މިޙައްޤު ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ހަމަހަމަ އުސޫލަކުން ލިބޭނޭ ގޮތަކަށް ސަރުކާރުގެ ސިޔާސަތު އެކުލަވާލަންޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: