ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކުގައި 50 އެނދުގެ އާ ހޮސްޕިޓަލެއްގެ މަސައްކަތް މިއަހަރު ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކުގައި 50 އެނދުގެ އާ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކުގައި ރޭ ބޭއްވި ހާއްސަ މާހެފުމުގައި ބައިވެރިވެ ވަޑައިގަންނަވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި މާހެފުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުންނާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ފަރާތުން ފުވައްމުލަކު ރައްޔިތުންނަށް ބޭއްވި ހާއްސަ މާހެފުމެކެވެ.

ރައީސް ވިދާޅުވީ 50 އެނދުގެ އައު ހޮސްޕިޓަލް ތަރައްގީކުރާ އިރު އެތަނުގައި ހާއްސަ ހިދުމަތް ތަކެއްގެ ގޮތުގައި ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ސްޕެޝަލިޓީ ހިދުމަތްތައް ހިމަނުއްވާނެ ކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދާނެ ގޮތާ ބެހޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

“އަޅުގަނޑު އުއްމީދު މިކުރަނީ ފުވައްމުލަކުގައި ތަރައްގީ ކުރަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލަކީ އަންހެނުންނާއި ކުޑަ ކުދިންގެ ސްޕެޝަލިޓީ ހިދުމަތްތަކަށް ހާއްސަ ކުރެވިގެންދާނެ ހޮސްޕިޓަލަކަށް ވެގެން ދިޔުން. އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި މި ހޮސްޕިޓަލުގެ މަސައްކަތް ފަށާނަން.” އެމަނިކުފާނު ވިދާޅުވި އެވެ.

ފުވައްމުލަކަކީ މިހާރު ވެސް ހޮސްޕިޓަލެއް ހިންގަމުން އަންނަ ސިޓީއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: