ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ހާރިޖީ ވަޒީރު އައްޑޫއަށް، ދެ އެމްއޯޔޫގައި ސޮއި ކުރާނެ: ފޮރިން މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިރޭ އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

ދެ ދުވަހުގެ މިދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރ ވަޑައިގަންނަވާނީ އައްޑޫ ސިޓީއަށެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މުހިއްމު މަޝްވަރާތަކެއް ކުރެވި، މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ދަތުރުފުޅުގައި ޖައިޝަންކަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާނެއެވެ. އޭގެ ފަހުން ދެ އެމްއޯޔޫއެއްގައި ސޮއިކުރުމަށް ފަހު، ޝާހިދާއި ޖައިޝަންކަރު ނޫސްވެރިންނާ ބައްދަލު ކުރައްވާނެއެވެ.

ޖައިޝަންކަރު އެނބުރި ގައުމަށް ފުރާވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: