ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފުވައްމުލަށް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ، މިހާރު މަގުތަކުގައި ހަދަމުން އަންނަ ފެންހިންދާ ނިޒާމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވައިލައްވާފައިވާކަމަށެވެ.

ރައީސް ސޯލިހްގެ އަރިހުގައި ނައިބްރައީސް ފައިސަލް ނަސީމް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ޕްލޭނިންގ މިނިސްޓްރީއާއި، ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިމަޝްރޫއުގެ ދަށުން 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، މީގެއިތުރުން، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރު ކުރުމާއި މަގު ބައްތި ހަރު ކުރުމުގެ އިތުރުން، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފުވައްމުލައް ސިޓީގެ މަގުތަކުގެ މަސައްކަތަކީ 271.3 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: