ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރެންދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީޕިއެމް ކެނޑިޑޭޓަށް!

ރައީސް ޔާމީން އިންތިހާބުގެ ކެމްޕެއިނަށް ކުރެއްވި ދަތުރުގެ ތެރެއިން، ކުރެންދޫ ކައުންސިލް ރައީސްގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި މަދީހާއި އެކު/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވެފައިވާ ޅ. ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓު އިސްމާއިލް މަދީހު ކާމިޔާބުކޮށްފި އެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އެމްޑީޕީގެ މެމްބަރު އިބްރާހިމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އިންތިހާބު ކާމިޔާބު ކުރި، އިސްމާއިލް މަދީހުއަކީ މީގެ ކުރިން ވެސް ކައުންސިލްގައި ދެ ދައުރު ފުރިހަމަ ކުރެއްވި ބޭފުޅެކެވެ. މަދީހުގެ ކެމްޕެއިން ހަރަކާތްތަކުގައި އިދިކޮޅުގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރެއްވީ އަލީ ނަސީރެވެ. އަލީ ނަސީރުގެ ކެމްޕެއިން ހަރަކާތްތަކުގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ލީޑާޝިޕްގެ ބޭފުޅުން ދާއިރާއަށް ބައިވެރިވެވަޑައިގެންނެވި އެވެ.

އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުގައި ނަސީމަށް ލިބިވަޑައިގަތީ 566 ވޯޓެވެ. އަދި މަދީހަށް 615 ވޯޓެވެ.

އަދި އިދިކޮޅުން ގޮނޑި ކާމިޔާބު ކުރީ އިންތިހާބަށް އިއުލާނުކޮށްފައި ވަނިކޮށް ރަށުގައި މަޝްރޫއުތަކެއް ފަށައި އިތުރު ބައެއް މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައި ވަނިކޮށެވެ. މި އަހަރުގެ ތެރޭގައި ފަށާނެކަމަށް ބަޖެޓުކޮށްފައި އޮތް އެ ދެ މަޝްރޫއު އަކީ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ.

މީގެ އިތުރުން ހައުސިންގެ މަޝްރޫއު ވެސް އިއުލާނު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: