ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާއި ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ނެޓްވޯކާ ގުޅާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހަޔަރ އެޑިއުކޭޝަން ރިސަރޗް ނެޓްވޯކެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާ، މި ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާއި ގުޅާލައިފިއެވެ.

އެގޮތުން އިއްޔެ އިންޑިއާގެ ނޭޝަނަލް އިންފޯމެޓިކްސް ސެންޓަރ އާއި ރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) ސޮއިކުރި ޕިއަރިންގް އެގްރީމަންޓްގެ ދަށުން އިންޑިއާ 1700 އަށްވުރެ ގިނަ ހަޔަރ އެޑިއުކޭޝަން އަދި ރިސަރޗް އިންސްޓިޓިޓްތައް ގުޅާލައި އިންޑީއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކްގެ ޚިދުމަތް ސީދާ ރާއްޖޭގެ ހަޔަރ އެޑިއޭޝަން އަދި ރިސަރޗް އިންސްޓިޓިއުޓްތަކުން ލިބޭނެގޮތް ވަނީ މަގުފަހި ވެފަހިވެގެން ގޮސްފައެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން ރާއްޖޭގެ ދެ ޔުނިވަރސިޓީ ކަމުގައިވާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) މިހާރުވަނީ މި ނެޓްވޯކާއި ގުޅާލެވިފައެވެ. އަދި ރާއްޖޭގެ ހަޔަރ އެޑިއުކޭޝަނާއި ރިސަރޗް ގެ މަސައްކަތް ކުރާ އެހެނިހެން އިންސިޓިޓިއުޓްތައް ގުޅާލުމުގެ މަސައްކަތް ވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިކޭޝަނާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި ގުޅިގެން އެން.ސީއައި.ޓީ އިން ވަނީ ފަށާފައެވެ.

މި ޚިދުމަތާއި އެކު، އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރއެއްގެ ކަނެކްޝަންމެދުވެރިނުކޮށް، ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ނެޓްވޯކްގެ ތެރެއިން، އިންޑިއާގެ ނޮލެޖް ނެޓްވޯކްގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކާއި، ޑިޖިޓަލް ޚިދުމަތްތަކަށް ސީދާ އެކްސެސް ދެވޭނެއެވެ. މިގޮތުން ޑިޖިޓަލް ލައިބްރަރީ ކޮންސޯޓިއަމްގެ ޚިދުމަތާއި އަދި ހަޔަރ އެޑިއުކޭޝަން އިންފޮރމޭޝަން ސަރވިސަސް ގެ ޚިދުމަތް ލިބި އޮންލައިން ލަރނިންގ އަށް މަގުފައިވެގެންދާނެއެވެ.

ނޭޝަނަލް ނޮލެޖް ނެޓްވޯކަކީ 2010 ވަނަ އަހަރު އިންޑީއާ ސަރުކާރުން ޤާއިމްކުރަން ފެށި ނެޓްވޯކެކެވެ. މި ނެޓްވޯކް އަކީ ރިސަރޗް އަދި އިންޓަރނެޓްގެ ޚިދުމަތް އެއް ޕްލެޓްފޯމްއަކުން ފޯރުކޮށްދިނުމަށް ޓަކައި މުޅި އިންޑިއާގެ ހުރިހާ ނޮލެޖް އަދި ރިސަރޗް އިންސްޓިއުޓްތަކެއް ގުޅާލުމަށް ޤާއިމްކުރެވުނު، ރޯބަސްޓް ހައި ސްޕީޑް ނެޓްވޯކެކެވެ.

މި ނެޓްވޯކްވަނީ މިހާރުވެސް 11 ނޭޝަނަލް ރިސަރޗް އެންޑް ހަޔަރ އެޑިއުކޭޝަން ނެޓްވޯކްތަކާއި ވަނީ ޕިއަރ ކޮށްފަ. މިގޮތުން އެމެރިކާގެ “Internet 2” ، ޔޫރަޕްގެ “GÉANT” އަދި ސިންގަޕޫރުގެ “ސިންގަޕޯރ އެޑްވާންސްޑް ރިސަރޗް އެންޑް އެޑިއުކޭޝަން ނެޓްވޯކް SingAREN“، އޭޝިއާ ޕެސިފިކްގެ  “TEIN” ނެޓްވޯކް، އަދި ޑެންމާކް، އައިސްލޭންޑް، ނޯވޭ، ސްވިޑަން އަދި ފިންލޭންޑް ފަދަ ނޯޑިކް ޤައުމުތަކުގެ “NORDUnet ފަދަ ނެޓްވޯކްތައް ހިމެނެއެވެ. އަދި އޭޝިއާގެ ރީޖަންއަށް ބަލާއިރު ބަންގްލަދޭޝް، ސްރީލަންކާ އަދި މެލޭޝިއާ ފަދަ ޤައުމުތަކުގެ ހަޔަރ އެޑިއުކޭން އެންޑް ރިސަރޗް ނެޓްވޯކްތައްވެސް މި ނެޓްވޯކާއި ވަނީ ގުޅާލެވިފައެވެ. އަދި ނޭޝަނަލް ނޮލެޖް ނެޓްވޯކްގެ ޕޮއިންޓް އޮފް ޕްރެސެންސް (ޕޮޕް) ތައް ވަނީ އެމްސްޓަރޑަރމް، ސިންގަޕޯރ އަދި ޖެނީވާގައި ޤާއިމްކޮށްފައެވެ.

ސަރކް ޤައުމުތަކަކީ ގުޅާލެވިފައިވާ އަދި ފުދުންތެރި ޤައުމުތަކަށް ހެދުމުގެ ވިސްނުމުގައި މި ނެޓްވޯކް ސާރްކް ގެ ގައުމުތަކަށް ޕިއަރ ކުރުމުގެ ވާހަކަ ވަނީ 2014 ވަނަ އަހަރު ބޭއްވުނު 18 ވަނަ ސަރކް ސަމިޓްގައި އިންޑީއާގެ ބޮޑުވަޒީރު ސަރކްޤައުމުތަކުގެ ލީޑަރުންނާއި ހިއްސާކުރައްވާފައެވެ. ހަޔަރ އެޑިއުކޭޝަން ނެޓްވޯކް އޮފް މޯލްޑިވްސް އާއި ނޭޝަނަލް ނޮލެޖް ނެޓްވޯކް ޕިއަރކުރަނީ ސަރކް އިނިޝިއޭޓިވްގެ ދަށުންނެވެ.

މަތީ ތައުލީމާއި ރިސަރޗް މަރުކަޒުތައް ގުޅާލައި، ޤައިމްކުރާ ހަޔަރ އެޑިއުކޭޝަން ނެޓްވޯކް އޮފް މޯލްޑިވްސް (އެޗް.އެމް.އެން) އަކީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އިން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި ގުޅިގެން ޤާއިމްކުރާ ޚިދުމަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: