ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން “އިންޑިއާ ފަސްޓް” ޕޮލިސީ ނަގަހައްޓާނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ‘އިންޑިއާ ފަރސްޓް’ ޕޮލިސީ ނަގަހައްޓާނެ ކަމަށް  ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަން ޖަޔަޝަންކަރުއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ދޭދޭ ގާތް ރަޙްމަތްތެރި ގުޅުން ފާހަގަ ކުރައްވައި، ދެ ޤައުމުން ވެސް ޝައުގުވެރިވާ ކަންކަމުގައި ދެ ޤައުމަށްވެސް ފައިދާވާނެހެން ބައިނަލްއަޤުވާމީ މައިދާނުގައި މި ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރައީސްކަމުގެ މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވި ޤައުމަކީ އިންޑިޔާކަން ފާހަގަކުރައްވައި، އިންޑިޔާގެ ‘ނެއިބަރހުޑް ފަރސްޓް ޕޮލިސީ’ގެ ދަށުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ. މީގައި އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއިން ‘އިންޑިޔާ ފަރސްޓް’ ޕޮލިސީ ނަގަހައްޓާނެކަމަށާއި އިންޑިޔާ އާއެކު އޮތް ގާތް ގުޅުން ވަރުދަގަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ދެޤައުމުންވެސް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުންނާއި، ދެ ޤައުމުގެ ފަތުރުވެރިކަމާއި، އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއާއި، ޞިއްޙީ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއާއި، މީހުން ބިނާކުރުމުގެ ދާއިރާއާއި، ސަރަޙައްދީ ރައްކާތެރިކަން ޤާއިމްކުރުމާއި، ބައިނަލްއަޤްވާމީ ކަންކަމުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާގެ އެހީތެރިކަމާއި އެކު ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ފާހަގަކުރައްވައި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ ދެޤައުމުގެ ދެމެދުގައިވާ ބަދަހި ގުޅުމުގެ މުހިންމު ރަމްޒެއްކަމުގައި ވިދާޅުވެފައެވެ.

އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަން ޖަޔަޝަންކަރު މިހާރު އައްޑޫ ސިޓިއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައި، ރާއްޖެއާއި އިންޑިޔާއާ އެކު ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއާއި އިންޑިޔާއާ ދެޤައުމުން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގައެވެ. އަދި، އިންޑިޔާއަކީ 1965 ވަނަ އަހަރު ޖުލައި 26 ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުނުފަހުން ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމުކުރި ފުރަތަމަ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: