ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަަމްގެ ހަމަލައެއް ދޭން އުޅުނުކަމުގެ ތުހުމަތަށް އައްޑޫއިން ހައްޔަރު ކުރި މީހުންގެ ބަންދު އިތުރުކޮށްފި

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުރިޔަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން އުޅުނުކަމުގެ ތުހުމަތަށް އައްޑޫ ސިޓީން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ބައެއް އިސްވެރިން އަދި އަވައްޓެރި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖަޔަޝަންކަރު އައްޑޫގައި މިވަގުތު ތިބިއިރު ހަމަލައެއް ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނީ މި ދަތުރާއި ދިމާކޮށްކަން ސާފެއް ނޫނެވެ.

މީޑިއާތަކަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިރުބަވެރި އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތަށް އައްޑޫއިން މިއަދު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރި މީހުންނާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ކުރިޔަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން ކޯޓު އަމުރަކާއި އެކު 09 މީހަކު ހައްޔަރު ކުރި އެވެ. މީގެ ތެރޭގައި އައްޑޫގައި ހަރުކަށި ފިކުރު ފަތުރައި، އޭގެ ތެރެއަށް މީހުން ވެއްދުމަށް މަސައްކަތް ކުރާ މީހަކު ވެސް ހިމެނެ އެވެ.

މި މީހުންގެ ތެރެއިން މިހާތަނަށް ބަންދު ޖެހުމަށް ކޯޓަށް ހާޒިރު ކުރީ ބައެއް މީހުންނެވެ. އެ މީހުންނަށް ކޯޓުން ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ.

ބައެއް މީޑިއާތަކުން ވަނީ ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކު ހިމެނޭކަމަށް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް އެކަމާއި ބެހޭ އެއްވެސް ތަފްސީލެއް ސުވާލު ކުރުމުން ވެސް ފުލުހުން ނުދެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭއި މަހުގެ 06 ގައި ދިން ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިން ގުޅިގެން ކުރިޔަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތެރެއިން ވެސް އައްޑޫއިން ބަޔަކު ހައްޔަރު ކުރި އެވެ. އެ މީހުން ހައްޔަރުކޮށް، ދިރިއުޅޭ ގެ ބަލާ ފާސް ކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް އިލެކްޓްރޯނިކް ސާމާނުތައް ގެންގިޔަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: