ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އިވެންޓެއްގައި، އިންތިއަށް ޝަރީފް ފާޑު ވިދާޅުވުމުން ވައްޑެގެ ނުރުހުން!

އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލަން ކެނޑިނޭޅި އެމްޑީޕީގެ ތެރެއިން، “ތިލަފަތުގެ ރަމްޒުގެ” ނަމުގައި ބަޔަކު ނިކުމެ މަސައްކަތް ކުރަމުންދާކަމަށް ބުނެ އައްޑޫ މަރަދު ދާއިރާގެ މެމްބަރު އަހުމަދު ޝަރީފް ދެއްކެވި ވާހަކައަށް ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ބައެއް އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެކު އައްޑޫއަށް ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގެ ރަށްތަކަށް ވަޑައިގެން މަޝްރޫއުތައް ކުރިޔަށް ދާ ގޮތް ބައްލަވާލެއްވުމާއި ނިމިފައި ހުރި މަޝްރޫއުތައް އިފްތިތާހުކޮށް ދެއްވި އެވެ. އެގޮތުން އިއްޔެ އައްޑޫ މަރަދޫ ބަންދަރު ހުޅުވުމަށް ބޭއްވި ރަސްމުއްޔާތުގައި ދާއިރާގެ މެމްބަރު ޝަރީފް ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅުވައި ވާހަކަ ދައްކަވާފަ އެވެ. ސަރުކާރުގެ ރަސްމީ އިވެންޓެއްގައި އެތެރޭގެ ކޯޅުމެއްގެ ވާހަކަ ދެއްކެވުމުގެ ސަބަބުން، ޝަރީފަށް ބޮޑެތި ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރާ، ޝަރީފް ވަނީ ދެން އެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ސްލޯގަންގެ ނަން ބޭނުންކޮށް އެއީ އެމްޑީޕީ ހަލާކުކޮށްލަން މަސައްކަތް ކުރާ ޓީމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ “ތިލަފަތުގެ ރަމްޒު” ގެ ނަމުގައި ނިކުމެ ބަޔުަކު ކުރާހާ ވެސް މަސައްކަތަކީ ރައްޔިތުން ބަނޑަށް ޖައްސައި ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން ކަމަށެވެ.

ޕާޓިގެ ޗެއާޕާސަނަކަށް އިންތި ގެނައުމަށް ކުރާ ކެމްޕެއިނުގައި ބޭނުންކުރާ ޝިޔާރަކީ “ތިލަފަތުގެ ރަމްޒު” އެވެ.

ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ކޮންމެ ހާލެއް ޖެހުނަސް ވަރިހަމަކަމަށް އެމްޑީޕީގެ ތެރެއިން ބަޔަކު ކުރާ މަސަކަތާއި، ރައީސް ސޯލިހު ވެރިކަން ބަދަލު ކުރުމަށް ކުރާ މަސައްކަތަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ.

“އެމްޑީޕީ ތެރޭގައި ބަޔަކު އެބަތިބި ތިލަފަތުގެ ރަމްޒުގެ މީހުންނޭ ކިޔައިގެން މި ސަރުކާރު ވައްޓާލަން ބޭނުންވާ… އެކަހަލަ މީހުންނަށް ވަރިހަމަ އެހެން ކުރާ ކަމަކުން ރައްޔިތުން ބަނޑަށް ޖެހުނަސް… އަޅުގަނޑުމެން ހަމަހޭ ކުރެގެން މަނިކުފާނުގެ ސަރުކާރު ވައްޓާލިއަކަ ނުދޭނަން،” ޝަރީފް

ވަރަށް ނުުރުހުންވެ ހުންނަވައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ވެރިކަމުގެ އިތުރު ދައުރަކަށް ރައީސް ސޯލިހު ކުރިމަތިލައްވައިފި ނަމަ އެމަނިކުފާނަށް ރިޔާސީ އިންތިހާބުކޮށްދޭން ޖާނާއި މާލުން ގުރުބާން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

ސަރުކާރުގެ ރަސްމީ އިވެންޓެއްގައި، ވާދަވެރި ކެނޑިޑޭޓަށް ފާޑުވިދާޅުވުމުން އިންތިގެ ކެމްޕެއިން ތަރުޖަމާނު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދ (ވައްޑެ) ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާ ގައުމީ އިހުތިފާލުތައް، ޕާޓީގެ އެތެރޭގެ ކެމްޕޭން ހަރަކާތަކަށް ބަދަލުކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ފަހަކަށް އައިސް މިފަދަ ނުރަނގަޅު އާދައްތައް އާއްމުވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ވައްޑެ ވިދާޅުވި އެވެ.  

އެއަށް ފަހު ވައްޑެ ވަނީ ޝަރީފް މީގެ ކުރިން ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ އިހުތިޖާޖާއި ގުޅޭ ޕްރެސްއެއްގައި ވާހަކަ ދައްކަވާ ވީޑއިޯއެއް ޓްވީޓު ކުރައްވާފަ އެވެ.

ޝަރީފަށް ރައްދު ދެއްވައި މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ފިރުޝާން ވިދާޅުވީ ވެރިކަން ވައްޓާލަން ބަޔަކު މަސައްކަތް ކުރާކަމަށް ވިދާޅުވީއިރު މި ވެރިކަން އައިއިރު ޝަރީފްގެ ނަން އޮތީ އެމްއެމްޕީއާރުސީގެ ލިސްޓުގައި ކަމަށެވެ. އިންތިހާބާއި ދިމާކޮށް މުޅި ކޯލިޝަން ނިކުމެ ޑިފެންސަށް ކުޅުނަސް އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާނީ އިންތިކަމަށް ފިރުޝާން ވިދާޅުވި އެވެ.

މާލޭގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވީ އެތެރޭގެ އިންތިހަބާއި ދިމާކޮށް އުޅެވޭގޮތެއް ބައެއް ބޭފުޅުންނަށް ނޭނގޭ ކަމަށާއި، މިފަދަ ބައެއް މީހުންގެ ސަބަބުން އެމްޑީޕީއަށް ގޮނޑިތައް ވެސް ގެއްލެމުން ދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: