ދިވެހި ފުލުހުންގެ ހިދުމަތް ފަސޭހަ އިން ހޯދޭ ގޮތަށް ތައްޔާރުކޮށްފައިވާ މޮބައިލް އެޕް ރޭ ލޯންޗްކޮށްފި އެވެ.
މި އެޕް އިފްތިތާހުކޮށްދެއްވީ ޖުމްހޫރީ މައިދާނުގައި ރޭ އޮތް ދިވެހި ފުލުހުންގެ ހިދުމަތުގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މޮބައިލް އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
އިފްތިތާހު ކުރެވިގެން މިދިޔަ އެޕްލިކޭޝަނަކީ އޮންލައިންކޮށް އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.
”ޕޮލިސް އެމްވީ“ ގެ ނަމުގައި ހެދި އެޕް މެދުވެރިކޮށް ފުލުހުން ފޯރުކޮށްދޭ ހިދުމަތްތައް ބަލަލާލައި ޑްރައިވިން ލައިސަންސްގެ މައުލޫމާތާއި އެ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ އަހަރީ ފީ ސްޓޭޓަސްޓްރެފިކް މައްސަލަތަކާއި ޕާކިން މައްސަލަތައް ކަންކަން ސާފުކުރެވޭނެ އެވެ. އަދި އާންމުން ފުލުހުންނަށް ހުށަހަޅާ މައްސަލަގެ އަޕްޑޭޓް ބެސް ބެލޭނެއެވެ.
މީގެ އިތުރުން ފުލުހުންނާ މެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ނަމ އެ އެޕް މެދުވެރިކޮށް އެކަން ވެސް ކުރެވޭނެ އެވެ.

