ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިސް އެކަޑަމީ އަކީ ރާއްޖެއާއި މެދު އިންޑިއާގެ ނިޔަތް ހެޔޮކަން އަންގައިދޭ ރަމްޒެއް: ރައީސް

ދިވެހިފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަކީ ބުރަ މަސައްކަތެއްގެ ނަތީޖާކަމަށާއި މިއީ ދިވެހި ގައުމުގެ ގޮތުުގައި ހިންދެމިލުމަށް އަވައްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން އަންގައިދޭ ރަމްޒެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް 89 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ފުލުހުންގެ ހިދުމަތް ކުރިއެރުވުމަށް ސަރުކާރުން ކުރިޔަށް ގެންދިޔަ މަސައްކަތްތައް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަކީ ބުރަ މަސައްކަތެއްގެ ނަތީޖާ ކަމަށެވެ. މިއީ ދިވެހިންގެ އަމިއްލަ ސަލާމަތާއި، ރައްކާތެރިކަން އަދި ގައުމީ މަސްލަހަތު ދިފާއު ކުރުމުގެ ގާބިލުކަން އުފެއްދުމުގެ އެއް ބިނާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހާއްސަކޮށް ދިވެހި ގައުމު، ދިވެހި ގައުމުގެ ގޮތުުގައި ހިންދެމިލުމަށް އަވައްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން އަންގައިދޭ ރަމްޒެއް ކަމަށެވެ.

ޕޮލިސް އެކަޑަމީ ގާއިމުކުރުމުގައި ކުރީގެ ސަރުކާރުތަކުން ކުރި މަސައްކަތްތަކަށް ރައީސް ޝުކުރު އަދާ ކުރެއްވި އެވެ.

“ފުލުހުން ބިނާކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވިގެން އެދިޔަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯރސްމެންޓަކީ، އެކި ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. އެއީ، ދިވެހިންގެ އަމިއްލަ ސަލާމަތާއި، ރައްކާތެރިކަމާއި، ޤައުމީ މަޞްލަޙަތު ދިފާޢުކުރުމުގެ ޤާބިލްކަން، ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާ. އެއީ ރާއްޖެ، ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް. މިކަމަށްޓަކައި މީގެ ކުރިން މި މަސައްކަތް ކުރެއްވި ހުރިހާ ސަރުކާރުތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.” ރައީސް

ފުލުހުންގެ ހިދުމަތަށް ގެނެވުނު އެންމެ މުހިންމު ބަދަލެއްގެ ގޮތުގައި ރައީސް ވިދާޅުވީ އަލަށް އަމަލު ކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނެވެ. މުވަައްސަސާ ހިންގުމުގެ ފުރިހަމަ މިނިވަންކަން ގާނޫނުން ފުލުހުންނަށް ކަށަވަރުކޮށް ދޭއިރު 89 އަހަރުވީ 89 އަހަރުވީ ވަރުގަދަ މުއައްސަސާއެއް ހިންގުމުގެ މިނިވަންކަން، އެތަނެއްގައި ތިބި ތަޖުރިބާކާރު ގާބިލު ހުނަރުވެރި އޮފިސަރުން ބައްޓަން ކުރާނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މަސައްކަތްތައް ކުރަމުން ދާނީ، ގައުމަށް އެންމެ ލާބަހުރި ގޮތަށް ވިސްނައި ކަމަށެވެ.

ގާނޫނާއި އެއްގޮތަށް ފުލުހުންގެ މުވައްސަސާ ރީފޯމް ކުރަން ޖެހޭއިރު، ކިރިޔާ ވެސް ކުރެވޭ ގޯސް ކަމަކުން ނުވަތަ ވަކި ބަޔަކު ކުރާ ގޯސް ކަމަކުން މުޅި މުވައްސަސާ ބަދަލުނާމުވާ ހާލަތްތައް ވެސް އަންނަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެފަދަ މައްސަލަތަކުގައި ފުލުހުންގެ ލީޑާޝިޕުން އަމަލު ކުރާނީ އިންސާފާއި މަސްލަހަތު އެއް ތަރާދެއްގައި ކަމަށެވެ.

ފުލުހުންނަށް ރައީސް އިލްތިމާސް ކުރެއްވީ އެއް ގޮންޖެހުމަކުން އަރައިގަނެވުނަސް، އެއަށް ވުރެ ބޮޑު ގޮންޖެހުންތައް އައުމުގެ ފުރުސަތު އޮންނަކަމާއި އެހެން ކަމުން ގައުމުގެ މަސްލަހަތާއި އަމަންކަން ގާއުމު ކުރުމަށް މަސައްކަތް ބައްޓަން ކުރުމަށެވެ.

ހިދުމަތްތައް ދޭތާ އެތައް އަހަރުތަކެއް ފާއިތުވީއިރު ވެސް ފުލުހުންނަށް ބޭނުންވާ ގިނަ ކަންކަން އަދިވެސް ހުރީ މާޒީގެ ތެރޭގައިިކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ބެރެކްސްތަކާއި، މަސައްކަތް ކުރާ މާހައުލުގައި ހުންނަންޖެހޭ ފަސޭހަކަން، އޭގެ ގާތަށް ވެސް ފުރިހަމަވެފައި ނެތްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ލިބޭ ހުނަރާއި ތަމްރީނާ އެކީ، އުޅަނދުތަކާއި، ވެހިކަލްތައް އަދި އެހެނިހެން ވަސީލަތްތައްވެސް މުހިންމުކަމާއި ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުން ވެސް އެމަނިކުފާނަށް އެކަން ފާހަގަ ކުރެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ އެކަންކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށާއި، 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ހިދުމަތް ގާއުމުކޮށް ނިމެނޭކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، އިންތިޒާމް ވެގެން ހިންގާ ކުށްތަކާ، ޑްރަގް ނެޓްވޯރކް ތަކުގެ ގުޅުމަކީ ރާއްޖޭގެ އަމާން ކަމާ، ސުލްޙަ މަސަލަސް ކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުންކަމާއި އަދި އެއީ ރައްޔިތުންގެ އޮތް ވަރަށްބޮޑު ކަންބޮޑުވުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް ހާއްސަ ޓާސްކް ފޯސްތަކެއް އެކުލަވާލައި މަސައްކަތް ކުރަމުން އަންނަކަމަށާ އޭގެ ހެޔޮ ބަދަލު ވަރަށް އަވަހަށް ފެންނާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: