ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބްލިއުއެސްސީ ފްލެޓްތައް ޖޫން މަހު ހާވާލުކުރަނީ

މޯލްޑިވްސް ވޯޓަރ އެންޑް ސިއުވަރޭޖް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ، ހަސަން ޝާހު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އިމާރާތްކުރާ ފުރަތަމަ ޓަވަރު ނިންމައި ޖޫން މަހު ހަވާލުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި މިއަދު ބޭއްވި ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުލު ދައްކަވަމުން ޝާހް ވިދާޅުވީ މިހާރު އިމާރާތް ކުރާ ޓަވަރުގެ މަސައްކަތް މެއި މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. އަދި އެކުންފުނީގެ މުވައްޒަފުންގެ ބޮހިޔާވަހިކަމަށް އިތުރު އިތުރު ޓަވަރެއް އަޅަން ފެށޭނެކަމުގެ އުއްމީދު ބޮޑުކަމަށްވެސް ޝާޙް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ތެރެއިން އެ ކުންފުނިން ދެ ޓަވަރު އަޅާފައިވާ އިރު ކޮންމެ ޓަވަރެއްގައި 199 ފްލެޓް ހިމެނެ އެވެ. އެއިން ކޮންމެ ޓަވަރަކުން 55 ފްލެޓް ސަރުކާރަށް ދިނުމަށް ފަހު ބާކީ ފްލެޓްތައް ދޭނީ އެ ކުންފުނީގެ މުވައްޒަފުންނަށެވެ.

ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ އަދު 1.2-1.3 މިލިއަން ރުފިޔާ އާ ދެމެދުގައި ހުރިއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު 1.9-2.2 މިލިއަން ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު 2.4-2.6 މިލިއަން ރުފިޔާއާ ދެމެދުގައި ހުންނާނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: