ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިހުޔާ ފޯރަމް” މިރޭ ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހު އިސްލާމިކް މިިނިސްޓްރީން ބާއްވާ އިޙްޔާ ފޯރަމް ސިލްސިލާގެ މިއަހަރުގެ ފޯރަމް މިރޭ ފަށާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ފޯރަމް އޮންނާނީވެސް އެހެން އަހަރުތަކެކޭ އެއް ގޮތަށް ކޮންމެ ހަފްތާއަކު އާދިއްތަ، ބުރާސްފަތި، ހުކުރު މިދުވަސްތަކުގެރޭ 21:30އިން 22:30އަށް ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހުގެ އިޙްޔާ ފޯރަމް ކުރިއަށްދާނީ މާލޭގެ އިސްލާމީ މަރުކަޒުގައެވެ. ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އަތޮޅުތަކުގައެވެ. މިފަހަރުގެ އިޙްޔާ ފޯރަމް އެހެން އަހަރުތަކާ ތަފާތުވާ ސަބަބަކީ މިއެވެ. މިއީ މި ފޯރަމް މުޅި ރާއްޖެއަށް ހުޅުވަލައިގެން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

އެގޮތުން 8 އޭޕްރީލްގައި ކުޅުދުއްފުށީގައި، 15 އޭޕްރިލްގައި އައްޑޫގައި، 22 އޭޕްރިލްގައި ފުވައްމުލަކުގައި، 29 އޭޕްރިލްގައި ރ. އުނގޫފާރުގައި މި ފޯރަމް ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިރޭގެ ފޯރަމްގައި ވައުޟު ވިދާޅުވާން ހަމަޖެހިފައިވަނީ އައްޝައިޚް އިލްޔާސް ޙުސައިންއާއި އައްޝައިޚް ނަޞްރުﷲ ޢަލީއެވެ. މިރޭގެ މައުޟޫޢަކީ “ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެވެ.”

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: