ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާދޫ އާއި ފައިނު ސްކޫލްގައި 3 ބުރީގެ އިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ރަސްމާދޫ ސްކޫލާއި، ރ. ފައިނު ސްކޫލުގައި ތިން ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރ. ރަސްމާދޫ ސްކޫލުގައި 3 ބުރީގެ އިމާރާތެއް އަދި ރ. ފައިނު ސްކޫލުގައި 3 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުންޏާ ރ. ރަސްމާދޫ ސްކޫލުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ވަނީ 12,839,307.38 ރ (ބާރަމިލިއަން އަށްލައްކަ ތިންސަތޭކަ ނުވަހާސް ތިންސަތޭކަ ހަތް ރުފިޔާ ތިރީސް އަށް ލާރި) އަށެވެ. މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ރ. ފައިނު ސްކޫލުގެ މަސައްކަތަށް ހަވާލުކޮށްފައިވަނީ 15,268,826.02ރ (ފަނަރަމިލިއަން ދެލައްކަ ފަސްދޮޅަސް އަށްހާސް އަށްސަތޭކަ ސައްބީސް ރުފިޔާ ދެ ލާރި) އަށެވެ. މި މަސައްކަތްވެސް 365 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: