ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީތަކުގެ މަސައްކަތް އަވަސް ކުރުމަށް ނަޝީދު އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ތަކުގައި ހުރި މަސައްކަތްތައް އަވަހަށް ނިންމައިދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނި މިއަދު ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވާ ކުންފުނީގެ ބިލާ ގުޅިގެން މަޖިލީހުގެ އިދާރާއިން އެކުލަވާލާފައިވާ ދިރާސާ ކަރުދާން މެމްބަރުންނާ ހިއްސާކުރައްވާފައިވާކަން ހާމަކުރައްވާއެވެ. އަދި އެއީ މަސައްކަތް އަވަސްކޮށް މެމްބަރުންނަށް އެހީތެރިވެދިނުމަށް ހިއްސާކޮށްފައިވާ ކަރުދާހެއްކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކޮމިޓީތަކުގައި މިވަގުތު 25 ބިލެއް އެބައޮތްކަމަށާއި، އެ ބިލުތަކުގެ މަސައްކަތް ހަލުވިކުރުމަށް ހުރިހާ މެންބަރުންވެސް މަސައްކަތްކުރަން ޖެހޭކަމަށެވެ. މި ބިލުތައް ނުނިމި ކޮމިޓީތަކުގައި ވުމުގެ ބަދަލުގައި އަވަހަށް ބިލްތައް ނިންމާލެވޭނޭ ގޮތެއް، އެފަދަ ވިސްނުމެއް މެންބަރުން ގެންގުޅުއްވުމަކީ ބޭނުންތެރި ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން 36 ބިލެއް ވަނީ މަޖިލީހަށް ހުށައަޅަން ނިންމާފައެވެ. މިގޮތުން އަލަށް 14 ބިލަކާއި،ހެދުމަށާއި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން 22 ގާނޫނަކަށް އިސްލާހު ގެނައުމަށްވެސް ނިންމާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: