ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީސަލް ލިބުން ދަތިވާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް(ސެމްބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ބޭނުންވާވަރަށް ތެޔޮ ނުގެނެވި، ޑީސަލް ކޮންޓްރޯލްކޮށްގެން ވިއްކަމުން ދިޔުމާއި، ބައެއް އަތޮޅުތަކުން ޑީސަލް ހުސްވެ، މަސްވެރިންނަށް މަހަށް ނުފުރި ދިމާވާ ދަތިތައް ހައްލު ކުރުމަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެމްބަރުންނެވެ. އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށް 44 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރާއްޖެ އަށް ބޭނުންވާ ވަރަށް އެފްއެސްއެމަށް ޑީސަލް އެތެރެނުކުރެވުމުގެ ސަބަބުން، އަމިއްލަ މީސްމީހުންނާއި މަސްވެރި އުޅަނދުތަކަށް ދަތިވެ މަސްވެރިންނަށް މަހަށް ނުފުރި ތިބިކަމުގެ ޝަކުވާ ލިބޭކަމަށެވެ.

މީގެއިތުރުން އަމިއްލަ ކުންފުނިތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި އެފްއެސްއެމުން ތަފާތު ކުރުން ގެންގުޅޭކަމަށްވެސް ބުނެފައިވެއެވެ.

މި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު ހޯމަ ދުވަހުގެ ޖަލްސާއަށްވެސް އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: