ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންމަޓީ ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަނީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާނާތުގެ ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)، ޝަރުތުތަކަކާއެކު ދޫކޮށްލައިފައިވާ މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައިވަނީ އަސާސްތަކާއި ޚިލާފަށް ކަމުގައި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅެވެއްޖެއެވެ.

ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓްގައި އިސްތިއުފުކުރުމުން އިއްޔެ ބޭއްވި އަޑު އެހުމުގައި ހައިކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެކަމަށް ނިންމާ ކޯޓުން ބޭރުކޮށްލާފައެވެ. ހައިކޯޓްގެ ނިންމުމުގައި ބުނެފައިވަނީ ދައުލަތުން ދަށު ކޯޓްގެ ނިންމުން އިސްތިއުނާފުކޮށްފައިވަނީ އެކަމަށް ހަމަޖެހިފައިވާ މުއްދަތު ފާއިތުވި ފަހުންކަމަށެވެ. ކޯޓު އަމުރެއް އިސްތިއުނާފްކުރަން ލިބެނީ 48 ގަޑިއިރެވެ.

މިކަމާ ގުޅިގެން ޕީޖީ ޝަމީމް މިއަދު ވިދާޅުވީ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ ފުރަތަމަ މަރުހަލާގައި ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި އެދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށެވެ.

ޝަމީމް ވިދާޅުވީ މައްސަލަ އިސްތިއުނާފްކޮށްފައި ވާނީ ސުޕްރީމް ކޯޓުގެ މި ގަވާއިދުގައި ބުނާ މުއްދަތުގެ ތެރޭގައި ކަމަށެވެ.

“މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތްކަމަށް ހައިކޯޓުން ދެކެވަޑައިގަތީ ރަނގަޅަކަށް ނޫން. އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބަ އޮތް. އެއީ ދުވަހުންކަމަށް ވިޔަސް، ގަޑިއިރުން ކަމަށް ވިޔަސް، އިސްތިއުނާފާގުޅޭ ކަންކަމުގައި މުއްދަތު ގުނާނީ ކުރިން ދެންނެވި ގަވާއިދުގައި އޮތް ގޮތަށް، ދަށު ކޯޓުން ނިންމި ދުވަހާއި، އިސްތިއުނާފުގެ މުއްދަތު ހަމަވާ ދުވަހާ ނުލާ،” ޝަމީމް ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ވިދާޅުވެފައި ވަނީ ވަގުތު ގުނުމުގައި މީގެ ކުރިން އަމަލުކުރަމުން އައީ ވެސް އެ އުސޫލަށް ކަމަށެވެ. ހައިކޯޓުން މައްސަލަ ބެއްލި ފަނޑިޔާރުން ވެސް އެ އުސޫލަށް އަމަލުކުރާ ކަމަށް ފާހަގަކުރައްވާފައިވެ އެވެ. އަދި ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް މި އުސޫލުގެ ދަށުން މައްސަލަތައް ނިންމައި ހުކުމް ކޮށްފައިވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

އެހެންކަމުން މިއަދު މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: