ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެންސަރު ބަލި އިތުރުވާ ސަބަބު ދެނެގަތުމަށް ދިރާސާކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކެންސަރު ބަލި އިތުރުވަމުންދާތީ އޭގެ ސަބަބު ހޯދަން މިހާރު ދިރާސާއެއް ފަށައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ކެންސަރު ބަލި އިތުރުވަމުންއަންނައިރު، އެބަލި މީހުންނަށް ޖެހޭ ސަބަބުތައް ހޯދައި ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއާ ގުޅިގެން މިހާރު މިކަމަށްޓަކައި ޚާއްސަ ދިރާސާއެއް ރާއްޖޭގައި ފަށާފައިވާކަމަށެވެ.

މިފަދަ ސާވޭއެއް ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ޢާއްމުރައްޔިތުން ހޭލުންތެރިކުރުވައި ބަލިތަކުން ދުރާލައި ރައްކާތެރިވުމަށް ސަމާލުކަން ދޭ ބަޔަކަށް ޢާއްމު ރައްޔިތުން ހެދުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގައިންގަޔަށް ނާރާ ނުރައްކާތރި ބޮޑެތި ބަލިތައް ރާއްޖޭގައިވަނީ ފަހަކަށްއައިސް ވަރަށްބޮޑަށް އިތުރުވެފައެވެ. އޭގެތެރެއިން ކެންސަރަކީ ފާހަގަކޮށްލެވޭ ބައްޔެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: