ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޝަރީޒް މިނިސްޓަރ މިއަދު މަޖިލިހަށް ހާޒިރުކުރެވުނީ އޮޅުމަކުން!

ޝެއާރކޮށްލާ ކަހަލަދޯ؟

ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކުރެވުނީ އޮޅިގެން ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުން މިނިސްޓަރާ ސުވާލު ކުރުން ނިންމާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ޑރ. ހުސައިން މަޖިލީހަށް ހާޒިރުވެވަޑައިގަތީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.

ދިއްދޫގައި ހެދުމަށް ނިންމާފައިވާ އައިސްޕްލާންޓްގެ މައުލޫމާތު އޮޅުންފިލުއްވުމަށް ދިއްދޫ ދާއިރާގެ މެންބަރު، މިނިސްޓަރާ ސުވާލުކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ ލިޔުމުން ޖަވާބު ހޯދުމަށެވެ. ނަމަވެސް މަޖިލީހުގެ އިދާރާ އިން ވަނީ މިނިސްޓަރު ޑރ. ހުސައިން މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރުގެ ސުވާލަށް ޖަވާބު ދެއްވުމަށް ނޯޓިސް ދެއްވާފަ އެވެ.

އެ ސުވާލުގެ އިތުރުންވެސް އެހެން މެމްބަރުންގެ ސުވާލުތަކަށްވެސް މިނިސްޓަރ ވަނީ މިއަދުގެ މަޖިލީލހުގައި ޖަވާބުދެއްވާފައެވެ.

މިނިސްޓަރ މަޖިލިހަށް ހާޒިރުކުރެވުނީ އޮޅުމަކުން ކަމަށް ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ނިޒާމީ ނުކުތާއެއް ނަންގަވައި މިނިސްޓަރު ހާޒިރު ކޮށްފައި ވަނީ ގޯސްކަމަށް ވިދާޅުވުމުންނެވެ.

“މިކަންތައްތައް އަޅުގަނޑުމެންނަށް މިއަދު ހިންގާ މިދިޔައީ މިކަން ހިނގާންވީ ގޮތަކަށް ނޫން. އިއްޒަތްތެރި ވަޒީރު ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ވަރަށް ބޮޑަށް މައާފަށް ވެސް އެދެން،” ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން މަޖިލިސް ރައީސް ވަނީ ވަޒީރާ ސުވާލުކުރަން އިތުރު ފުރުސަތު ނުދެއްވަން ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: