ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތައް ނިންމަން ހަވާލުކުރި ކުންފުނިތަކުގެ މައްސަލަ ބޭރުކޮށްލައިފި

މައްސަލަ މަޖިލީހަށް ހުށައެޅުއްވި އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމަން ފައިސާ ނަގައި، މަސައްކަތް ނުނިންމާ ކުންފުނިތަކުން މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.

މައްސަލަ ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމާ އެކު މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ހަ މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 29 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންވެ މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.

އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ފްލެޓް ލިބުނު މީހުން ދަރަންޏަށާއި އެހެނިހެން ގޮތް ގޮތުން ތަކެއްޗާއި ފައިސާ ހޯދައިގެން ކުންފުނިތަކާއި ހަވާލު ކުރުމުން ކުންފުނިތަކުން ފައިސާ އަށް ހިޔާނަތްތެރިވުމުން ފްލެޓް ލިބުނު މީހުންނަށް ފޫނުބެއްދޭ ވަރުގެ ދަތިތަކާއި އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފިނިޝިން ނިންމާ ކުންފުނިތަކުގެ ނަމުގައި ބައެއް ފަރާތްތަކުން ފްލެޓް ލިބުނު މީހުންނަށް އޮޅުވާލުމާއި މަކަރު ހެދުން އިތުރުވަމުން ދާތީ އާއި މަސައްކަތް ނުނިންމާ، އަދި މަސައްކަތް ނިންމަން ނެގި ފައިސާ ކުންފުނިތަކުން އަނބުރާ ނުދޭ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: