ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއުޒީޝަނުން ޕްރެކްޓިސް ކުރުމަށާއި ޝޯވްދިނުމަށް ހުރި ދަތިތައް ރައީސްއާ ހިއްސާ ކުރަައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއުޒީޝަނުން ޕްރެކްޓިސް ކުރުމަށާއި ޝޯވްދިނުމަށް ހުރި ދަތިތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާ ކުރަައްވައިފިއެވެ.

މިކަންކަން ފަހަގަ ކުރެއްވީ ރައީސް ޞާލިޙް، މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.

މި ބައްދަލުކުރެއްވުމުގައި މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުން ވަނީ މިއުޒިކީ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ސަރުކާރުގެ ތެރެއިން ޙައްލު ހޯދުމަަށް ބޭނުންވެލައްވާ ގޮތްތަކާއި އަދި ފަންނުވެރިކަން ކުރިއެރުވުމަށް މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ރައީސްއާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން މިއުޒީޝަންސް ޔޫނިއަންގެ މެންބަރުން ފާހަގަކުރެއްވި ދަތިތަކުގެ ތެރޭގައި މިއުޒީޝަނުން ޕްރެކްޓިސް ކުރުމަށާއި ޝޯވްދިނުމަށް ހުރި ދަތިތަކުގެ އިތުރުން އެ ޔޫނިއަން ހިންގުމަށް އޮފީހެއް ނެތުމާއި މާލީ ގޮތުން ކުރިމަތިވާ ހުރަސްތަކުގެ މަޢުލޫމާތު ހިމެނެ އެވެ. އަދި ރިޒޯޓް މިއުޒިކް ކުޅުމަށް މިއުޒީޝަނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ޖުމްލަގޮތެއްގައި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދިމާވެފައިވާ ދަތިތައް ވެސް މެންބަރުން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ފަރާތުން ހިއްސާކުރެއްވި ދަތިތައް ޙައްލުކޮށްދެއްވުމަަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވައި މިއުޒީޝަނުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ފުރުސަތުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ މިއުޒިކީ ފަންނު އިތުރަށް ކުރިއަރުވާ އާލާކުރުމާ ގުޅޭގޮތުން މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުންނާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާ ޙިޔާލު ބަދަލުކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: