ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

26 ސްޕެޝަލިސްޓް ޑޮކްޓަރުން އަންނަ މަހު ރާއްޖެ އަންނާނެ: މިނިސްޓަރު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިއްޚީ ދާއިރާގައި ޚިދުމަތްކުރާ ޑޮކްޓަރުންގެ ދަތިކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންނަ މެއި މަހުގެ ތޭރޭގައި ކިއުބާއިން 26 ޑޮކްޓަރަކު އަންނާނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ހޮސްޕިޓަލްތަކުގައި އިދާރީ މުވައްޒަފުންނާއި ޑޮކްޓަރުން ހިމެނޭ ގޮތަށް ސިއްހީ ހިދުމަތްތެރިން މަދު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ ވަރަށް ގިނަ ބިދޭސީ ސިއްހީ އެހީތެރިން އެމީހުންގެ ގައުމަށް ދިއުމަށްފަހު އެނބުރި އައިސްފައި ނުވާތީ ޑޮކްޓަރުންގެ ދަތިކަން އަދިވެސް ހައްލު ކުރެވިފައި ނުވާ ކަމަށެވެ.

ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޞިއްޚީ ޚިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށް ޑޮކްޓަރުންނާއި، މުވައްޒިފުންނާއި، ވަސީލަތް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން ކިއުބާއިން އަންނަ މަހުގެ ތެރޭގައި 26 ސްޕެޝަލިސްޓް ޑިކްޓަރުން އައުމަށް ހަމަޖެހިފައިވާކަމަށާއި، އެއާއިއެކުވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ޑޮކްޓަރުންގެ ދަތިކަމަށް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލްތަކުގެ އިދާރީ މުވައްޒަފުންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދަންޖެހޭ އިދާރީ ވަރަށް ގިނަ މަސައްކަތްތައް އެބަ ހުރި ކަމަށާއި ފިނޭންސް މިނިސްޓްރީގެ އެއްބާރުލުމާ އެކު މިއަހަރުގެ ނިޔަލަށް އިދާރީ މުވައްޒަފުންގެ މައްސަލަ ވެސް ހައްލު ކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: