ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނީގެ މައްސަލަ ހައްލުވާނީ ގޭބީސީތަކުގެވެސް އެއްބާރުލުން ލިބިގެން: މިނިސްޓަރު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުނީގެ މައްސަލަ ހައްލުވާނީ ހަމައެކަނީ މެޝިން ތަކެއް ޤާއިމުކުރެވިގެން ނޫން ކަމަށާއި ބިސީތަކުގެ އެއްބާރުލުން ވެސް ލިބިގެން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

“ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓު ޓު ވެލްތު” އިފްތިތާހުކުރަން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ރާއްޖޭގައި ކުނީގެ މައްސަލަ އެހާ ބޮޑީ އެކަމަށް ކުރިން އެކަށީގެންވާ އަޅާލުމެއް ދެވިފައި ނެތުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އެކަމާ ނޫޅެ ވާކަށް ނެތް ކަމަށާއި މިކަން ހަރުދަނާ އަދި ދެމެހެއްޓެނި ގޮތެއްގައި ކުރިިއަށް ގެންދިއުމަށްޓަކައި ރާއްޖެ އަށް ކުނި މެނޭޖްކުރާނެ ހުނަރުވެރި ދިވެހިންގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

“މި ސަރުކާރުގެ އެންމެ މުހިއްމުއެއް އަމާޒަކީ ޒަމާނުއްސުރެ ކުންޏާމެދު ދެކެމުން އައި ގޮތް ބަދަލުކުރުން. ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުން މިއީ އަޅުގަނޑުމެންގެ ސިޔާސަތަކީ.މީގެ 50އަހަރު ކުރިއާ އަޅާ ބަލާއިރު ދިވެހިންގެ ދިރިއުޅުމަށް މިވަނީ އެތައް ބޮޑެތި ބަދަލުތަކެއް އައިސްފައި.” މިނިސްޓަރު ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި އުފެދޭ ހުރިހާ ކުންޏެއް ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށް ހުނަރުވެރި ދިވެހިން އުފައްދަން ބޭނުންވާ ކަމަށާއި ކޮންމެ ރަށެއްގައި، ކޮންމެ ކައުންސިލެއްގައި މިކަން ކުރާނެ ގޮތުގެ މައުލޫމާތާއި މިކަން ކުރާނެ ގޮތުގެ ވޯކް ފޯސްއެއް އުފެދެން އެބަޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“އެހެން ނޫން ކަމަށް ވާނަމަ އަޅުގަނޑުމެންނަކަށް މުސްތަގުބަލުގައި ރާއްޖެ އަކީ ރީތި މަންޒިލެއްގެ ގޮތުގައި ދައްކުވައެއް ނުދެވޭނެ. އަދި މުސްތަގުބަލުގައި ދިވެހީން ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ވެސް ހޯދައެއް ނުދެވޭނެ.” މިނިސްޓަރު ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ކުނީގެ މައްސަލަ ހައްލުވާނީ ހަމައެކަނި މެޝިންތަކެއް ގާއިމުކޮށްގެން ނޫން ކަމަށާއި އެއީ ގޭބީސީއާ ހިސާބުން ފެށޭ ކަމެއް ކަމަށެވެ. އެހެންވެ މިކަން ހައްލުކުރުމަށްޓަކައި ވެމްކޯ އާއި ސަރުކާރުގެ އިދާރާތަކުން ވެސް މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: