ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިންގަޕޫރު ދަތުރަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ އަށް ވަޑައިގަންނަވައިފި އެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް މި ދަތުރުފުޅުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސްގެ ދެކަނަބަލުން މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ވެސް ސިންގަޕޫރަށް ވަޑައިގަތެވެ. އެފަހަރުގެ ދަތުރުފުޅަކީ ރައީސްގެ ތައިރޮއިޑްގެ ސާޖަރީއަކަށް ކުރެއްވި ދަތުރުފުޅެކެވެ. ފަރުވާއަށްފަހު ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖޭ ވަޑައިގެންނެވީ މިދިޔަ މަހުގެ ހަވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: