ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ގިނަބަޔަކު ސުވަރުގެ ވައްދަވާ އެއްސަބަބަކީ ރިވެތި އަހްލާގު: މިނިސްޓަރު

ޝެއާރކޮށްލާ ކަހަލަދޯ؟

މީސްތަކުންގެ ތެރެއިން އެންމެ ގިނަބަޔަކު ސުވަރުގެ ވައްދަވާ އެއްސަބަބަކީވެސް ރިވެތި އަޚްލާޤުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެ އެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ފޯރަމްގައި “އެންމެ ހެޔޮ އިންސާނާގެ ޙަޔާތްޕުޅުގައި ޢިޖުތިމާއީ ގުޅުން” މި މައުޟޫއަށް ތަޤްރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޤުރުއާނުގައި ބާވާލައްވާފައިވާ ހުރިހާ ކަންތައްތަކެއް އެކަލޭގެފާނު ވަނީ ޢަމަލުފުޅުން ދައްކަވައި، އަދި ފަސޭހައިން އެނގޭ ގޮތަށް މީސްތަކުންނަށް ކިޔައިދެއްވާފައި ކަމަށެވެ.

އެކަލޭގެފާނު ގެންނެވި ޝަރީޢަތަކީ އެއީ އެންމެ ފަހުގެ ރިސާލަތުކަމަށާއި އެއްވެސް އުނި އިތުރުކަމެއް ނައިސް މި ޝަރީޢަތް ޤިޔާމަތާ ހަމައަށް ދެމި އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ކީރިތި ރަސޫލާ ގެނެސްދެއްވި ރިސާލަތު މީސްތަކުންނާ ހަމައަށް ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރައްވާ ޙައްޖަތުލް ވަދާޢުގައި އެކަލޭގެފާނު މީސްތަކުންނާ މުޚާތަބުކޮށް ދެއްކެވި ޝަރީޢަތާގުޅޭ ވާހަކަ މިނިސްޓަރު ވަނީ ކިޔައިދެއްވާފަ އެވެ.

މީގެއިތުރުން އިސްލާމްދީނުގައި އަޚްލާޤަށް ވަރަށް މަތިވެރިކަމެއް ދެއްވާފައިވާއިރު ކީރިތި ރަސޫލާ އަކީ އެންމެ ރިވެތި އަޚްލާގުގެ ވެރިޔާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އިންސާނުން މިނެކިރާ މީޒާނުގައި އެންމެ ބަރު އެއްޗަކަށް ވާނީ ރިވެތި އަޚްލާގުކަން ފާހަގަކުރައްވާ މީސްތަކުންގެ ތެރެއިން އެންމެ ގިނަބަޔަކު ސުވަރުގެ ވައްދަވާ އެއް ސަބަބަކީ ވެސް ރިވެތި އަޚްލާޤުކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވަނީ ކީރިތި ރަސޫލާގެ ހަޔާތްޕުޅަށް ވިސްނައި އެކަލޭގެފާނު ކަންތައް ކުރެއްވިގޮތަށް ކަންކަން އެބަކުރެވޭތޯ ވިސްނާލަން ޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން މީސްތަކުންނަށް އޯގާތެރިވުމާއި އަވަށްޓެރިންނަށް ކަމޭހިތުމާއި، މިކަންކަމަށް ވިސްނައި، އެކަލޭގެފާނު ނަމޫނާއަކަށް ބަލަންޖެހޭ ކަމަށާއި އެގޮތަށް އަމަލުކޮށް އެކަލޭގެފާނު ދެއްކެވި ނަމޫނާއާ އެއްގޮތަށް އުޅެން ޖެހޭކަމަށް ވެސް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: