ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ މަސައްކަތްތައް ހުރީ ނުނިމި، މަޖިލީސް ޗުއްޓީއަށް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުއްޓައި، އެ މަސައްކަތްތައް ނުނިންމައި މަޖިލީސް ޗުއްޓީއަށް ހިނގައްޖެ އެވެ.

ފުރަތަމަ ދައުރަށް ފަހު މެމްބަރުންނަށް ޗުއްޓީގެ ގޮތުގައި ދެ ހަފްތާ ލިބިވަޑައިގަންނަވާނެ އެވެ.

މަޖިލީހުގެ ކޮމިޓީތަކުން ނިމިފައި ހުރި އިސްލާހުތައް ތަޅުމުން ފާސްކޮށް ޗުއްޓީއަށް ދިޔަ ނަމަވެސް ކޮމިޓީތަކުގައި ގިނަ މަސައްކަތްތައް ހުރީ ނުނިމި އެވެ.

 

މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގައި މަޖިލީހުން ވަނީ މުހިއްމު ބިލުތަކެއް ކޮމިޓީ މަރުހަލާއިން އިސްލާހު ކުރެވި ގާނޫނަކަށް ބަދަލުކުރެވިފައިވެއެވެ. އެގޮތުން ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތި ކުރުމާއި ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު ވަނީ މަޖިލީހުން ފާސް ކުރުން ފާހަގަ ކުރެވެ އެވެ.

މިއަހަރުގެ މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް 28 ބިލެއް ވަނީ ހުށައަޅާފައެވެ. އަދި ހުށައެޅުނު ބިލުތަކުގެ ތެރެއިން ނިމިފައި ވަނީ 08 ބިލެއްގެ މަސައްކަތެވެ.

މަޖިލީހުގައި މިއަހަރު މިހާތަނަށް މެމްބަރުން ވަނީ 10 މައްސަލަ ހުށައަޅާފައެވެ. އެ ހުރިހާ މައްސަލަތަކުގެ ތެރެއިން ހަތަރު މައްސަލަ ބަލައި ނިންމާފައިވެއެވެ. މަޖިލީހުގައި މިހާތަނަށް ވަޒީރުންނާއި ކުރުމަށް ހުށައެޅުނު 49 ސުވާލެއްގެ ތެރެއިން 29 ސުވާލުވަނީ މެމްބަރުންނާއި ކުރި އެވެ. އަދި މަޖިލީހަށް ސަރުކާރުން ހުށައެޅި 08 މައްސަލައިގެ ތެރެއިން ހަތް މައްސަލައެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ.

ހުރިހާ މަސައްކަތްތަކަކާއި އެކު ޖުމްލަ 49.6 އިންސައްތަ މަސައްކަތް ވަނީ ނިމިފައިކަމަށް މަޖިލީހުގެ މައުލޫމާތު ތަކަށް ބަލައިލުމުން ހާމަވެގެން ދެއެވެ.

އަހަރުގެ ތެރޭގައި އަންނަ މަޖިލީހުގެ އެންމެ ކުރު ދައުރަކީ މަޖިލީހުގެ 2 ވަނަ ދައުރެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: