ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ އާންމު ތަންތަން ސާފުކޮށް ބެލެހެއްޓުން ވެމްކޯއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ އާއްމު ސަރަހައްތައް ސާފުކޮށް ބޭއްވުމާއި، މަގުތައް ސާފު ކުރުމުގެ މަސައްކަތްތާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަވާލުވެއްޖެ އެވެ.

ހުޅުމާލެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސުހައިލް ވިދާޅުވީ ހުޅުމާލޭގެ އާންމު ސަރަހައްދުތަކުން ކުނި ކެހުމާއި ކުނި ނެގުމުގެ މަސައްކަތަކީ މީގެ ކުރިން އެޗްޑީސީން ކުރަމުން އައި މަސައްކަތެއްކަމަށެވެ. އަދި ސަރުކާރުން ކުނި މެނޭޖްކުރުމަށް ވަކި ކުންފުންޏެއް ހަދާފައި އޮތުމުން އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ވެމްކޯއަށް ކަމަށް ފެނިގެން އެޗްޑީސީގެ ފަރާތުން ހުޅުމާލޭގެ އާންމު ތަންތަނުގެ ކުނިމެނޭޖް ކުުރުމާއި ކުނި ކެހުމުގެ މަސައްކަތް ކުރުމަށް ވެމްކޯ އާއި ހަވާލު ކުރުމަަށް ނިންމީ ކަމަށެވެ.

ސުހައިލް ވިދާޅުވީ މާލޭގައި ވެސް އާންމު ސަރަހައްދުތައް ނުވަތަ ޕަބްލިކް ސަރަހައްދުތައް ކުނި ކަހައި ބެލެހެއްޓުމަކީ ވެމްކޯއަށް އައުޓް ސޯސްކޮށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. ވުމާއެކު ހުޅުމާލޭގައި ވެސް އެންމެ ރަނގަޅު ހިދުމަތެއް އެންމެ އެކަށީގެންވާ ގޮތެއްގައި ދެވޭނީ ވެމްކޯކަމަށް އޭނާ ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ މަސައްކަތް ވީ އެންމެ އަވަހަަކަށް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުުރުމަށް ވެމްކޯގެ ކެޕޭސިޓީ ހުރިވަރު ބަލާނެ ކަމަށެވެ.

ރަސްމިއްޔާތުގައި ސިރާޖު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ އާންމުތަންތަން ކުނި ނެގުމާއި ކުނި ކެހުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމުގައި ހާމަކުރެއްވިއެވެ. އަދި އެކަމާއި ގުޅިގެން ވާންޖެހޭ ތައްޔާރީތައް ވަމުން ދާ ކަމުގައި ވެމްކޯ އިން މައުލޫމާތު ދީފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށް އާންމުކޮށް ހުޅުވައިލާފައިވާ ހުރިހާ މަގުތަކާއި މަގާ އިންވެގެންވާ ޕޭމަންޓާއި ގަސް އިންދާފައިވާ ސަރަހައްދުތަކާއި ޕާކުތަކާއި އަދި ބީޗް ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތުން ވެމްކޯއިން ކުނިކަހާ ސާފުކުރުމުގައި ނެގުމަށް ހަމަޖެހިފައިވަނީ އާންމުކޮށް  ޖަމާ ކޮށްފައި ހުންނަ ކުނީގެ ބާވަތްތައް ކަމަށް އެޗްޑީސީން ވަނީ ހާމަކުރައްވާފައެވެ.

އެޗްޑީސީން ބުނީ، މި ބާވަތުގެ ކުނީގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކް ފުޅި، ދަޅު، ކޮތަޅު، ކަރުދާސް، ފަތްކުނި، ޕެކޭޖިން އަދި މިފަދަ އެހެނިހެން ބާވަތްތައް ކަމަށެވެ.

މި އެއްބަސްވުމުގެ މުއްދަތަކީ ސޮއިކުރާ ދުވަހުން ފެށިގެން 3 އަހަރު ދުވަސް ކަމަށް އެޗްޑީސީން ބުނެއެވެ. ވެމްކޯ އަށް ކުރެވޭނެ މަަސައްކަތަކީ މަގުތައް ބެލެހެއްޓުން ކަމަށާއި އެކަން ކުރުމަށް އާންމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމުގައި  ސިރާޖު ވިދާޅުވިއެވެ. މަގުމައްޗަށް އެޅޭ ކުނި އެޅުން ވަރަށް ބޮޑަށް ހުއްޓަންޖެހޭ ކަމުގައި ސިރާޖު  ހާމަ ކުރެއްވިއެވެ. އެ މަސައްކަތް ކުރުމަށް އާންމު ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: