ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ގަރާރު ބާތިލް ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅައިފި

އިދިކޮޅުން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޑިއާ އައުޓް” ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ސަރުކާރުން މިދިޔަ ހަފުތާފައި ނެރުނު ގަރާރު ބާތިލުކޮށްދޭން އެދި އިދިކޮޅު ކޯލިޝަނުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިމަހުގެ 21 ވަނަ ދުވަހު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރިޔަށްގެންދާ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވަން އިދާރާތަކަށް އަންގައި ގަރާރެއް ނެރުއްވާފަ އެވެ. އެއާއެކު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައި ހުރި “އިންޑިއާ އައުޓް” ބެނާތަކެއް މިއަދު ނަގައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ޕީޕީއެމުން ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި މަހުގެ 21 ގައި ނެރުއްވި ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު އަދި ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ރައީސްގެ ގަރާރުގައި ވިދާޅުވެފައި ވަނީ އިންޑިއާއާ ދެކޮޅު ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ. އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ، ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގާ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށް ގަރާރުގައި ވެ އެވެ.

އެހެންވެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސްގެ ގަރާރުގައި ވަނީ އަންގައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: