ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ދުވަހު 4 ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާ!

ސިނަމާލެ ބްރިޖު: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އީދު ދުވަހު 4 ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މާނާކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 50 ވަނަ އާންމު ރަސްމީ ޖަލްސާގައެވެ.

ފައިމަގުގައި އުޅޭ ގަޑިއެއް ކަނޑައެޅުމަށް ހުށަހެޅުއްވީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އައިމިނަތު ޔުމްނާ އެވެ. އޭނާ ހުށަހެޅުއްވީ އީދު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ވެހިކަލް ދުއްވުން މަނާކޮށް އެވަގުތަކީ ފައިމަގުގައި އުޅޭ ވަގުތުކޮޅަކަށް ހެދުމަށެވެ.

ފައިމަގުގައި އުޅޭނެ ގަޑިއެއް ކަނޑައެޅުމަށް ހުށައެޅުމުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފައިމަގުގައި އުޅޭ ވަގުތެއް ކަނޑައަޅާއިރު އެކަން ކުރާނީ ކޮންކޮން ތަންތަނެއްގައިތޯ ނިންމެވުން މުހިންމު ކަމަށެވެ. މީގެ ކުރީ އަހަރުތަކުގައި ހުޅުމާލޭގައި އެފަދަ ވަގުތެއް ކަނޑައެޅުމުން ރައްޔިތުންނަށް ދިމާވި އުނދަގޫތަށް މޭޔަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން ބަހުސް ކުރެއްވުމަށްފަހު ނިންމާފައިވަނީ، އީދު ދުވަހު 16:00 އިން 20:00 އަށް ހުޅުމާލެ ނުހިމެނޭގޮތަށް، ހަމައެކަނި މާލޭގައި ހިނގާފައި އުޅޭ ވަގުތެއް ކަނޑައެޅުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: