ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢީދު ދުވަހު ފައިމަގުގައި އުޅޭ ވަގުތުގައި ބޭނުންކުރާނެ ސްޓިކާރ ދޫކުރަނީ

މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

 

ޢީދު ދުވަހާއި ވަޅު ޢީދު ދުވަހުގެ ހަވީރު 4 ފެށިގެން އިރުއޮއްސި 6 ހަމައަށް ފައިމަގުގައި އުޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވުމުން އެ ވަގުތު ތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތަށް ކުރުމަށް ސްޓިކާރ ދޫކުރުމަށް ނިންމައިފިއެވެ.

ސްޓިކާރ ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ޖުލައި 7 ވަނަ ދުވަހު މެންދުރު 14:00 ފެށިގެން 18:00 އަދި ރޭގަނޑު 20:00 ފެށިގެން 22:00 އަށެވެ. 8 ޖުލައި ގައިވެސް މި ގަޑިތަކުގައި ސްޓިކާރ ދޫކުރަމުންގެންދާނެއެވެ.

9 ޖުލައި ގައި ސްޓްކާރ ދޫކުރަމުންދާނީ ހެނދުނު 9:00 ފެށިގެން 12:00 ހަމައަށާއި މެންދުރު 13:00 ފެށިގެން ހަވީރު 16:00 އަށެވެ.

ސިޓީ ކައުންސިލުން ބުނީ ސްޓިކާރ ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއިބެހޭ ބައިންނެވެ.

ޢީދު ދުވަހާއި ވަޅުޢީދު ދުވަހު ފައިމަގުގައި އެކަނި އުޅެވޭނެ ގޮތަށް ނިންމާފައިވަނީ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށެވެ.

ޢީދު ދުވަހާއި ވަޅުޢީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތު ކަނޑައެޅުމަށް އެދި ހުށަހަޅުއްވާފައިވަނީ ގަލޮޅު މެދު ދާއިރާގެ މެންބަރު ރީހާން ނާޒިމެވެ. މި ހުށަހެޅުން ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުން ފާސްވެފައެވެ.

ޢީދު ދުވަހުގެ ވަކިވަގުތުތަކެއް ފައިމަގުގައި އުޅުމަށް ޚާއްސަކުރުމުގެގޮތުން މިދިޔަ ފިޠުރު ޢީދުގައިވެސް މާލެ ސިޓީ ކައުންސިލުންވަނީ ދުއްވާއެއްޗެހި ނުދުއްވާ ވަގުތު ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: