ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިހުޔާ ފޯރަމް” އިން ދެ މީހަކަށް އުމްރާ ދަތުރު!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރަމަޟާންމަހުގެ ރޭތައް އިހްޔާ ކުރުމަށް ކުރިއަށްގެންދިޔަ ފޯރަމްތަކުގެ ބައިވެރިންގެ ތެރެއިން ފައިނަލް ގުރުއަތުން ވަނަތަކަށް ދިޔަ މީހުންގެ ނަންތައް އިއުލާނުކޮށްފި އެވެ.

މީގެ ތެރެއިން އެއް އުމުރާ ދަތުރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ދިން އިރު އަނެއް އުމުރާ ދަތުރު ސްޕިންސަކުރީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންނެވެ.

މި ފަހަރުގެ އިނާމުތައް ހޮވީ މާލެ އާއި އަތޮޅުގެ ތެރޭގެ ފަށް ރަށެއްގައި ވެސް ބޭއްވި ފޯރަމްތަކަށް ދިޔަ މީހުންގެ މެދުގަ އެވެ. އެގޮތުން ގުރުއަތު ލައިގެން ލިބުނު އިތުރު އިނާމުތަކުގެ ތެރޭގައި ދިރާގުން ދިން ސެމްސަންގް ގެލެކްސްސީ އެސް 22 ގެ ފޯނަކާއި މިފްކޯ އިން ދިން 65 އިންޗީގެ ދެ ޓީވީ ހިމެނެ އެވެ.

އިނާމުތައް ހޮވީ މާލެ އާއި އަތޮޅުތެރެ ވަކިވަކިންނެވެ. މި ފަހަރު ފޯރަމް ބޭއްވި ރަށްރަށަކީ ހދ. ކުޅުދުއްފުށީ، އައްޑޫ ހިތަދޫ، ރ. ދުވާފަރު، ފުވައްމުލައް އަދި ގދ. ތިނަދު އެވެ.

މިނިސްޓްރީން ބުނީ ފޯރަމްތަކުގެ ބައިވެރިންގެ ތެރެއިން ފައިނަލް ގުރުއަތުން ވަނަތަކަށް ހޮވުނު މީހުންގެ ތެރެއިން ރޭ އިނާމާ ޙަވާލުނުވެވޭ މީހުން އިނާމާއި ޙަވާލުވެވޭނެ ގޮތް މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ގުރުއަތުން ހޮވުނު ފަރާތްތަކުން ނަންބަރުކޮޅުތަކުގެ ފޮޓޯ އާއި އައިޑީކާޑުގެ ފޮޓޯ 7924881 މި ނަންބަރަށް ވައިބަކުރަން އެދިފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: