ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ހުތުބާ: ރޯދަ މަސް ނިމުމުން އަޅުކަންތަކާއި ދުރުވެ މާތް ﷲ އާއި ދެމެދުވާ ވާފަށް ކަނޑާނުލައްވާ

އީދު ނަމާދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުގެ ހުކުރު ހުތުބާގައި ރޯދަ މަސް ނިމުނުކަމުގައިވީ ނަމަވެސް އަޅުކަންތައްތަކާއި ދުރުވެ މާތް ﷲ އާއި ދެމެދުގައިވާ ވާފަށް ކަނޑާނުލެއްވުމަށް ގޮވާލައިފިއެވެ.

1443 ވަނަ އަހަރުގެ ރަމަޟާން މަސް ނިމި ފިތުރު އީދު މި ވަނީ މުސްލިމް އުއްމަތާއި ބައްދަލުކޮށްފައެވެ.

ބަރަކާތްތެރި އީދު ދުވަހާއި ގުޅިގެން ކުރެވިގެންދާ އީދު ނަމާދަށް އެއްވާ އެއްވުމުން ދޭހަ ކޮށްދެނީ، މުސްލިންމުންގެ އެއްބައިވަންތަކަންކަމުގައި ހުތުބާގައިވެއެވެ. އެއްވެސް ގިންތިއެއް އަދި ތަފާތުކުރުމެއްނެތި މުސްލިމުންގެ ދެމެދުގައިވާ އެކުވެރިކަމާއި ރަހްމަތްތެރިކަން އީދު ނަމާދުން ފެނިގެންދާކަމުގައިވެސް ވަނީ ފާހަގަކޮށްފައެވެ.

ހުތުބާގައި އިތުރަށް ޢައިރު މުސްލިމުންގެ އީދުތަކާއި ހިލާފަށް އިސްލާމީ އީދުތަކަކީ، މާތް ﷲ ޝަރްޢް ކުރައްވާފައިވާ އީދެއްކަމުގައެވެ. އަދި މި ދުވަސްތައް ބަދަލު ކުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިފައިނުވާކަމުގައި ވަނީ ފާހަގަކޮށްފައެވެ. އިސްލާމީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އީދު ކުރުމަށްޓަކައި ޖާހިލިއްޔަ ޒަމާނުގައި އޮތް އީދުތައް އުވާލެވިގެން ދިޔަކަމުގައި ހުތުބާގައި ވަނީ ހަދުމަކޮށްދެއްވާފައެވެ.

އީދު ދުވަހަށް ހާއްސަކޮށް ކުރެވިގެން ދިޔަ އީދު ނަމާދުގެ ހުތުބާގައި ވަނީ އީދު ދުވަހަކީ ރޯދަވެރިންނަށް ކާމިޔާބުގެ ތާޖާއި އިނާމު ދެއްވާ ދުވަސްކަމަށެވެ. އަދި އީދު ދުވަސް އަންނަނީ މާތް ﷲ ގެ އަމުރުފުުތަކަށް ތަބާވެ، އެކަނލާންގެ އަންގަވާފައިވާ އިންތަކާއި މިންތަކަށް ރައްކާތެރިވުމުން އެކަމުގެ ހެޔޮ ޖަޒާއެއްގެ ގޮތުގައިކަމަށެވެ. އަދި މިއަހަރުގެ ރޯދައިގެ ދުވަސްތައް ފުރިހަމަ ކުރެވުނީތީ ހުތުބާގައި ވަނީ އެކަމަށް ޝުކުރު ކުރަން ގޮވާލާފައެވެ.

މާާތް ރަސްކަލާންގެ ދެއްވި އިސްލާދީނުގެ ނިއުމަތަށްޓަކައި އެކަނލާންގެ މަތިން ހަދާންކޮށް ތަކުބީރު ކިޔުމަށްވެސް ވަނީ ހަދުމަކޮށްދީފައެވެ.

ހަސަދަވެރިކަމާއި ބައިބައިވުމާއި، އަރައިރުންތަކާ ދުރުހެލިވުމަށް މި ބަރަކާތް އީދު ދުވަހު އަޒްމް ކަނޑައެޅުމަށް ހުތުބާގައި ވަނީ އިލްތިމާޒް ކުރައްވާފައެވެ. އެންމެ ފުރަތަމަ މާތް ﷲގެ ހައްގުތަށް އަދާކުރުމަށާއި އަދި މީގެ އިތުރުން އެނެކާގެ ހައްގުތަށް އަދާކުރުމަށްވެސް ވަނީ ގޮވާލާފައެވެ. މާތް ﷲ ޖިންނީންނާއި އިންސީން ހެއްދެވީ އެކަނލާންގެއަށް އަޅުކަންކުރުމަށްޓަކައި މެނުވީކަމަށް ވަނީ ހަދުމަކޮށްދެއްވާފައެވެ. އަދި މިއާއި ވިދިގެން އައިސްފައިވާ ބަސްފުޅުގައި އެކަލާންގެ ދެން ވަނީ މައިންބަފައިންގެ ހައްގުތައް އަދާކުރުމަށް ގޮވާލާފައިކަންވެސް ހުތުބާގަައި ފާހަގަކުރެވިގެންދިޔައެވެ.

އިސްލާމީ އިދުތަކަކީ އެންމެން ބައިވެރިކުރަންޖެހޭ އިޙްތިފާލުތަކެއްކަމަށާއި އެ ދުވަސްތަކުގައި އުފާ ފާޅުކުރަންވީ ހަމަ އެކަނި ތަނަވަސްކަން ލިބިގެންވާ މީހުން ނޫންކަމުގައްޔާއި ތަނަވަސްކަން ލިބިގެންވާ މީހުން އެ ތަނަވަސްކަމުން ފަގީރުންނަށާއި މިސްކީނުންނަށް ފޯރުކޮށްދީ އީދު އުފަލުގައި ހުރިހާ ފަންތިއެއްގެ މީހުން ބައިވެރިކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ރޯދަ މަހާއި ގުޅިގެން ދޭ ފިތުރު ޒަކާތް  އަާކުރުމަށް އަންގާފައި ވަނީ މި ސަބަބާއި ގުޅިގެންކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ހުތުބާގައި ވަނީ އީދު ދުވަހަކީ ޒީނަތްތެރިވުމުގެ މުނާސަބަތެއްކަމުގައި ސިފަކޮށްފައެވެ. އަދި މިކަމަށްޓަކައި އީދު ދުވަހު ހިނައިގަތުން ސުންނަތް ކުރައްވާ އެންމެ ރިވެތި ފޭރާންލުން ވަނީ ސުންނަތް ކުރައްވާފައިކަން ވަނީ ފާހަގަ ކުރައްވާފައެވެ. އިތުރަށް ހުތުބާގައި ވަނީ ހުވަދުލުމާއި، މީރުވަސް ދުވާ އެއްޗެހީގެ ބޭނުން ކުރުމަކީ އިސްލާމީ ރިވެތި އަދަބެއްކަމުގައެވެ.

އީދުތައް ޝަރުއު ކުރައްވާފައިވަނީ ހަމައެކަނި އުފާ ފާޅުކޮށް މަޖާކުރުމަށްޓަކައި ނޫންކަމަށާއި ނަމަވެސް އެކަން ޝަރުއު ކުރެއްވީ، އިސްލާމީ މުޖްތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އަދާކުރުމަށްޓަކައިކަމުގައި ހުތުބާގައިވެއެވެ.

އިސްލާމީ އުހުވަތްތެރިކަން ދެމެހެއްޓުމަށްޓަކައިކަމަށާއި، މުސްލިމުންގެ މެދުގައި ހެޔޮފޯރުވުމުގެ ރަނގަޅު އާދަ ފެތުރުވުމަށްޓަކައިކަމަށް އީދު ނަމާދުގައިވެއެވެ.

ރަމަޟާން މަސް ވަކިވެގެން ހިގައްޖެކަމަށާއި އަދި އެ މަސް ވެގެން ދާނީ މީސްތަކުންގެ މައްޗަށް ހެކިދޭ ހެކިވެރިއެގެކަމުގައިކަމަށް ހުތުބާގައިވެއެވެ.  އަދި މި މަސް މާތް ﷲ އަންގަވާފައިވާ ގޮތަށް ރޯދަ ހިފައި، ރޭ އަޅުކަން އަދާކުރި މީހުންނަށް ޝަފާއަތްތެރިވާނެކަމުގައިވެސް ހުތުބައިގައިވެއެވެ.

ރޯދަ މަސް ނިމުމުން އަޅުކަންތަކާއި ދުރުވެ މާތް ﷲ އާއި ދެމެދު ވާ ވާފަށް ކަނޑާލާކަމަށާއި މިއާއި ހިލާފަށް ރަމަޟާންމަހުގެ ތަރުބަވީ މަދަރުސާއިން ދަސްކޮށްދިން ފިލާވަޅުތަކުގައި ދެމި ތިބުމަށް އަޒުމް ކަނޑައެޅުމަށް ވަނީ ގޮވާލާފައެވެ. މާތް ﷲ އަށް ކިޔަމަންވެ ބިރުވެތިވުމުގެ މާތް ސިފައިގައި ދެމި ތިބުމުގައި ސާބިތުވެ ތިބުމަށް ހުތުބާގައިވެއެވެ.

މީގެ އިތުރަށް ހުތުބާގައި ވަނީ ރޯދައިން މީސްތަނުންނަށް ދަސްކޮށްދިން، ކެތްތެރިކަމާއި، ތެދުވެރިކަމާއި ދީލަތިކަމާއި ހިތް ސާފުކަމުގެ އިތުރަށް އަތާއި ދުލުން މުސްލިމުން ރައްކާތެރިކުރުންފަދަ ހުރިހާ ސިފަތަކެއްގެ މަތީގައި ހަޔާތުގެ ބާކީ އޮތް ބައި ހޭދަކުރުމުގެ ތައުފީގު ދެއްވުމަށްޓަކައި މާތް ﷲ ގެ ހަޟްރަތުގައި ގިނަ ގިނައިން ދުއާ ދެއްނެވުމަށް ގޮވާލައި ހަދުމަކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: